މުނިފޫހިފިލުވުން

ކޮވިޑް-19: މާބަނޑު އަންހެނުންނަށް ވެކްސިން ނުދޭ ސަބަބު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިނގިރޭސިވިލާތުގައި މިހާރު ދެމުން ގެންދާ ފައިޒާ/ބަޔޯއެންޓެކް މާބަނޑު އަންހެނުންނަށް ނުދެނީ ވެކްސިނާބގުޅޭގޮތުން ލިބެންޖެހޭ ބައެއް ހެކި ނުލިބި ހުރުމުން ކަމަށް އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ބުނެފިއެވެ.

Ads by Hajj Corporation

ސިއްޙީ ތަޖުރިބާކާރުން ބުނެފައި ވަނީ ވެކްސިން ޖެހޭނެ މީހުންްގެ ލިސްޓުގައި މާބަނޑު އަންހެނުން ނުހިމެނޭ ކަމަށާއި އެހެންކަމުން އޮކްސްފޯޑުގެ އަސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާއިން އުފައްދާފައިވާ މޮޑާނާ ވެކްސިން ވެސް މާބަނޑު އަންހެނުން ގަޔަށް ނުޖެހޭނެ ކަމަށް އެމީހުން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އާއްމު ކޮށްފައިވާ ގައިޑްލައިނުގައި ސާފު އިބާރާތުން ހާމަކޮށްފައި ވަނީ މާބަނޑު އަންހެނުން ނުވިހަނީސް އެމީހުންގެ ގަޔަށް ކޮވިޑް ވެކްސިން ޖަހައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ދަރިއަކު ހޯދަން މަސައްކަތް ކުރާ އަންހެނުންނާއި ބަލިވެއިން ކަމަށް ޝައްކުވާ އަންހެނުން ވެސް ކޮވިޑް ވެކްސިން ނުޖެހުމަށް ތަޖުރިބާކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފައިޒާ ވެކްސިން އާއްމުންނަށް ދޭން އިނގިރޭސިވިލާތުގެ ވޮޗްޑޯގުން ފާސް ކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. ނަމަވެސް އެވެކްސިން ދިނުން ފާސް ކޮށްފައިވާއިރު، މާބަނޑު އަންހެނުންނަށް ވެކްސިން ދިނުން ރައްކާތެރި ނޫން ކަމުގެ ހެއްކެއް ހިމަނާފައި ނުވާކަން ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް މިވެކްސިން ޓެސްޓު ކުރި ސައިންޓިސްޓުން މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ އަންހެނުންނަށް ވެކްސިން ދީގެން ޓެސްޓު ކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެމީހުންނަށް ވެކްސިން ދިނުން ރައްކާތެރިކަމަށް ޓެސްޓު ކުރުމެއް ނެތި ނުނިންމޭނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެމީހުންނަށް މިވެކްސިން ދިނުން ރައްކާތެރި ކަމަކަށް ވެސް ނުނިންމޭނެ ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުތަކުން ބުނެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް މާބަނޑު އަންހެނުންގެ ގަޔަށް ވެކްސިން ޖެހޭތޯ ބަލަން ސައިންޓިސްޓުންނަށް ޖެހޭނީ އިތުރު ތަހުލީލުތަކެއް ކުރާށެވެ. ތަހުލީލުތަކެއް ނުކޮށް، ރައްކާތެރިކަމުގެ ފުރިހަމަ ޔަގީންކަން ނެތި މާބަނޑު އަންހެނުންގެ ގަޔަށް ވެކްސިން ޖަހައިފިނަމަ ފޫނުބެއްދޭވަރުގެ ދެރަ ކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!