ލައިފްސްޓައިލް

ކަނޑު މައްޗަށް އެރުމުން ހޮޑުލަވާ މީހުން ކޮބާ؟ ހައްލަކީ މަލަން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކަނޑުމައްޗަށް އެރުމުން ހޮޑުލަވާ މީހުން ވަރަށް ގިނައެވެ. އެއީ އަދި ކަނޑު ކިތަނމެ މަޑަސްމެއެވެ. ކަނޑު ގަދަ މަންޒަރެއް ފެނުމުން ހޮޑު ލަވާ މީހުން ވެސް ވަރަށް ގިނައެވެ. އެހެން ނަމަވެސް މިއޮތީ ތިކަމަށް އޮތް ހައްލެކެވެ. ގިނަ މީހުން ކަނޑު މައްޗަށް އެރުމުގެ ކުރިން ހޮޑު ބޭސް ކައެވެ. އަދި އެއަށް ފަހު ދަތުރު ނިމެންދެން ނިދައެވެ. ކުރަމުން ދާ ދަތުރުގެ މަޖާކަން ވެސް އޭރުން ގެއްލުނީ ނޫން ހެއްޔެވެ؟ ނިކަން މިގޮތުގެ އަޖުމަ ބަލާލަމާތޯއެވެ.

Ads by MWSC

ކަނޑު މައްޗަށް އެރުމުގެ ކުރިން ކަރުގައި މަލަން ގަނޑެއް ހިއްޕައިގން އަރާށެވެ. އޭރުން ހޮޑު ނުލެވޭނެއެވެ. މިކަން މިހެން ކުރުމުގެ ސަބަބުން ތިމާ މާ ބޮޑު ކަމެއް ވެސް ކުރާކަށް ނުޖެހެއެވެ. އަދި ދަތުރު މަޖާކަން ވެސް އިހުސާސް ކުރެވެއެވެ. ދަތުރުގެ ހިތްގައިމު ކަން ތަސައްވަރު ކޮށްލުމަށް ފުރުސަތު ލިބިގެން ދެއެވެ. ދެން މަސް ދަތުރެއް ދާން ވިސްނައިފިނަމަ ކަނޑުމައްޗަށް ބަލި މީހުން މަސްދަތުރު ނުދާންވީތޯއެވެ؟ ނޫނެކެވެ. މިކަން ކޮށްލައިގެން ވެސް މަސްދަތުރު ދިއުމުގެ ފުރުސަތު ފަހި ވެގެން އެބަ ދެއެވެ.

ދެން އޮތް އަނެއް ގޮތަކީ ތިމާގެ ވިސްނުމެވެ. މިއީ އަމިއްލަ ތަޖުރިބާއިން ބުނާ ވާހަކައެކެވެ. ކަނޑުމައްޗަށް އެރުމަށް ފަހުގައި، އެއްވެސް ވަރަކަށް ކަނޑާ ދޭތެރޭ ނުވިސްނާށެވެ. އަދި ދަތުރުގެ އެހެން ބައިވެރިންނާއެކު ހިތްހަމަ ޖެއްސުމަށް ޓަކައި ދަތުރުގެ މަޖާ ތަސައްވަރު ކޮށްލާށެވެ. ޔަގީނުން ވެސް ހޮޑެއް ނުލަވާނެއެވެ. އެކަމާ މެދު ވިސްނާ ކަމުގައި ވަނީ ނަމަ ހޮޑު ވެސް ލަވާނެއެވެ.

ދެން ކަނޑު މައްޗަށް އެރުމަށް ފަހުގައި ހޮޑު ލެވިދާނެތީ ނުކައި ނުހުންނާށެވެ. ބަނޑު ހުސްކޮށް ހުރުމުގެ ސަބަބުން ނިވައްތައިގެން ވެސް ހޮޑު ލެވިދާނެއެވެ. އެހިސާބުން ދެން ކާ ހިތެއް ވެސް ނުވާނެއެވެ. ދެން ލެވޭނީ ވެސް ހުސް ހޮޑެވެ. ދެން ވާނީ ކަނޑަށް ބަލި ކަމަށެވެ. ނަމަވެސް ކަނޑުމައްޗަށް އަރާ ނިކަން ދަތުރާވެގެން ސަކަރާތުގައި އުޅުމުން ހޮޑެއް ނުލަވާނެއެވެ. މި ކަންކަން ކޮށްލުމުން ހަމަގައިމު ވެސް ކަނޑަށް ބަލިވެ ހޮޑު ލަވާނެ ގޮތް ނުވާނެކަން ގައިމެވެ.

Ads by Allied Insurance
  1. ހޮޑުބެ

    ކަރުގައި މަލަން އެޅިޔަސް ހޮޑުލެވޭ މީހުންނަށް ހަމަ ހޮޑުލެވޭ

  2. ކަރުގަ މަލަން އަޅަންވީ ނޭވާ ނުލެވޭ ވަރަށް ތަ

    • އިއްލިބޭ

      ކަރުގެ ކޮން ހިސާބަކު ތޯ މަލަން އަޅަން މި ޖެހެނީ ؟
      މިއުޅެނީ ކަނބުލޮ ގޮވައިން ދަތުރެއް ނުދެވިގެން ހޮޑުލާވަރުން..