އެމްޑީޕީ ދޫކޮށް ސައިބޯނި ނަޢީމު ޕީޕީއެމް އަށް!

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އަޙުމަދު ނަޢީމު (ސައިބޯނި ނަޢީމު) މިއަދު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިއްޖެއެވެ.
ސައިބޯނި ނަޢީމު ޕީޕީއެމްއާ ގުޅިއްޖެކަން އިދިކޮޅު ޕީއެންސީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަ ކޮށްދެއްވާފައެވެ.
ސައިބޯނި ނަޢީމް ޕީޕީއެމްއާ ގުޅުމުން އޭނާއަށް އިދިކޮޅު ލީޑަރޝިޕްގެ ފަރާތުން އެކި ބޭފުޅުން ވަނީ މަރުޙަބާ ދަންނަވާފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވެސް ހިމެނެއެވެ.
ސައިބޯނި ނަޢީމަކީ އެމްޑީޕީ ގެ އެކިއެކި ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރި މީހެކެވެ.
ސާބަހޭ ނައީމް
ސައިބޯނި ކަމަކު ނުދާނެ އެއީ ގިރިހުސްވާ އެެއް
ފޮނުއެރުވުންނޫންކަމެއްވާނެހެން ހިޔެއްނުވޭ!
ސައިބޯނި ފެކްޓުރީއެއްތަ މިހާރު ހުޅުވަން އުޅެނީ ޕީ އެން ސީ ޕާރޓީއިން