ޚަބަރު

ދަޅު ކެނޑިއަކާ ނުލާ ދަޅު ކަނޑާނީ ކިހިނެއްކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ދަޅު ކެނޑުމަށް އަޅުގަނޑުމެން ދިވެހީން ކުރީން ބޭނުން ކުރަނީ ވަޅިއެވެ. ނުވަތަ ނިޔަފަތިކަނޑާ ދަތީގައި އިންނަ ދަޅު ކެނޑިއެވެ. އެއަށްފަހު ޒަމާނަށް އައި ބަދަލާއެކު އެކި ފާޑުފާޑުގެ ދަޅުކެނޑިތައް މިއަދު މިވަނީ އުފަންވެފައެވެ. ކޮންމެ ގެއެއްގައި ވެސް ދަޅުކެނޑިއެއް އޮތުމަކީ ލާޒިމު ކަމެކެވެ. އެހެން ނަމަވެސް ދަޅު ކެނޑިއެއް ނެތް ހާލަތަކަށް ވެސް ތައްޔާރުވެ ތިބުމަކީ މުހިންމު ކަމެއް ނޫން ހެއްޔެވެ؟

ދަތުރު ދާއިރު ނުވަތަ އެފަދަ ހާލަތެއްގައި ދަޅުކެނޑިއެއް ގެންދަން ހަނދާން ނެތުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ދަޅެއް ކަނޑާނީ ކިހިނަކުންތޯ އެނގިފައި އޮތުން މުހިންމެވެ.

އެއީ މާ އުނދަގޫ ކަމެއް ނޫނެވެ. ދަޅުގެ މަތި ހަރު ތަނެއްގައި ގާނާށެވެ. އެގޮތުން، ހަރު ގާގަނޑެއްގައި ނުވަތަ ހިލަގަނޑެއްގެ މަތީގައި ގާނާ ލެވިދާނެއެވެ. އިރުކޮޅެއް ވަންދެން ގާނާލުމަށްފަހު ދަޅުގެ މަތި ފިއްތާލާށެވެ. ފަަސޭހަކަމާއެކު ދަޅުކެނޑިގެން ދާނެއެވެ.

ދަޅު ކެނޑިއަކާ ނުލާ ދަޅު ކެނޑުމަށް މި ނޫން ގޮތްގޮތް ވެސް އެބަހުއްޓެވެ. ޔޫޓިއުބް ޗެނަލެއް ކަމަށްވާ  "ދި ކްރޭޒީ ރަޝިއަން ހެކާރ"ގައި އިތުރު ގޮތްތައް ކިޔައިދީފައި އެބަހުއްޓެވެ. ބަލާލަންވީ މި ވީޑިއޯއެވެ.

 

  1. އަލީ

    ތޭމީގެސާޅީސް 44 އަހަރަކުރިނަސް އަފިރިން ދަޅަކެޑިލެކައް

  2. ޟާނު

    މާަ ފަހަތުގަ ތިއުޅެނީ މީިގެ 50 އަހަރުކުރިން ފެންބޯންވެސް ދަޅުކަޑަނީ ތިހެން

  3. ެެއެތޯމިތޯ

    ހާދަ ފަހަތުގަޔޭދޯ ތިއުޅެނީ