ލައިފްސްޓައިލް

ކިރުހިއްޕި އަކީ ކިހައި ދުވަހަކުން ބަދަލުކުރަން ޖެހޭ އެއްޗެއްކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިބަހުގެ ރަދީފުގައި ވާ ގޮތުން ކިރުހިއްޕި އަކީ އަންހެނުންގެ އުރަމަތި ރީތިކޮށް ހިފެހެއްޓުމަށްޓަކައި ހަދައިފައި ހުންނަ އެއްޗެކެެވެ. އެހެން ނަމަވެސް މިއަށް ކިޔާ ދިވެހި ބަސް ބޭނުން ކުރަނީ މަދުބައެކެވެ.

Ads by Sosun Fihaara

ކޮންމެއަކަސް އަންހެނުންގެ ތެރޭގައި ވެސް ގިނަ މީހުންނަކީ ކިރުހިއްޕި ގަންނަން ދާން ލަދުގަންނަ މީހުންނެވެ. އަދި ހަމަ އެހެންމެ އެމީހަކަށް އެންމެ ހިތްހަމަ ޖެހޭ އެންމެ ކިރުހިއްޕިއެއް ހޯދުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. އަދި ހިތްހަމަ ޖެހޭ ރީތި ކިރުހިއްޕިއެއް ލިބުމުން އެ ކިރުހިއްޕިއެއް ގިނަ އަހަރުތަކަކަށް ގެންގުޅޭ މީހުން ވެސް މަދު ނޫން ކަމަށް ދިރާސާތަކުން ދައްކައެވެ. ނަމަވެސް މިއީ އަދި ރަނގަޅު ގޮތެއް ނޫނެވެ. ކިރުހިއްޕި ވެސް ބަދަލުކުރަން ޖެހޭ މުއްދަތެއް އެބަ އޮވެއެވެ.

ރަނގަޅު ކިރުހިއްޕިއެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އަދި ބައެއް ފަހަރަށް އެއީ ވަރަށް އަގު ވެސް ބޮޑު އެއްޗެކެވެ. ބޮޑު ސައިޒެއްގެ ކިރުހިއްޕި ބޭނުން ކުރާ މީހެއް ނަމަ އަދި ހިތްހަމަޖެހޭ އެއްޗެއް ހޯދުން ވެފައި އޮންނަނީ ތުރާލަކަށެވެ. އެހެންކަމުން ގިނަ އަންހެނުން އާންމުކޮށް އެޅުމަށް ގެންގުޅެނީ އެއް ކިރުހިއްޕިތަކެކެވެ. އެ އެއްޗެއްސަށް އަހަރުތަކެއްވިޔަސް ހެޔޮވަރު ނަމަ އައު އެއްޗެހި ގަންނަންވީ ކީއްކުރަންދޯއެވެ. ރަބަރު ދޫވެ ކުޑަކޮށް ބޮޑުވި ނަމަވެސް އެކަމާ ފަރުވާލެއް ބަހައްޓަނީ ވަކި ކާކު ހެއްޔެވެ؟ ކޮންމެއަކަސް މިއީ ގިނަ ބަޔެއްގެ ވިސްނުން ހުންނަ ގޮތްކަމުގައި ވިޔަސް ހަގީގަތުގައި މިއީ ރަނގަޅު ގޮތެއް ނޫނެވެ.

މިއޮތީ ހައިރާން ކުުރުވަނިވި ވާހަކައަކަށް ވެދާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އަދި ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ތިބާ ގެންގުޅޭ ކިރުހިއްޕި 6-8 މަސް ތެރޭގައި ބަދަލުކުރަން ޖެހޭނެއެވެެ. ދިރާސާތަކުން ދައްކާ ގޮތުގައި ދޮންނަ މެޝިނަށް ލައި ދޮވުމުގެ ސަބަބުން ކިރުހިއްޕީގެ ބައްޓަން ގެއްލި ރަބަރުތައް ވެސް ދޫވެގެން ދެއެވެ. ފިނިފެނުން ކިރުހިއްޕި ދޮވުމަކީ ގިނަ ދުވަސްތަކެއް ވަންދެން އޭގެ ރަބަރުތައް ދޫ ނުވެ ހުރެދާނެ ކަމެކެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކޮށްފައިވާ ކިރުހިއްޕިއެއް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އަންނައުނުގެ ތެރެއިން މުއްދަތު ހަމަވާ ތާރީހެއް އޮތް ހަަމައެކަނި އެއްޗަކީ ކިރުހިއްޕިއެއް ނޫނެވެ. ތިބާ ލައި އުޅޭ ބޮކްސާފަދަ އެއްޗެހި ވެސް ކޮންމެ 6 މަހަކުން ބަދަލު ކުރަން ވާނެއެވެ. އަދިި ގެންގުޅޭ އިސްޓާކީނު އަހަރެއް ވުމުން އެއްލާލާން ވީއެވެ. މި ކަންކަމަކީ ގިނަ ބަޔަކަށް އެނގިފައި ނޯވެދާނެ ކަންކަމެވެ. ނަމަވެސް މިއީ ތިބާގެ އަތުގައި ހުރި މުއްދަތު ހަމަވެފައިވާ ކިރުހިއްޕިތަކާއި ބޮކްސާތައް ބޭނުން ކުރުމުގައި ވިސްނަން ޖެހެއެވެ.

  1. މަޑި

    ޢަސްލު ވަރަށް ބޭނުންތެރި މައުލޫމާތު ކޮޅެއް ޝުކުރިއްޔާ

  2. ފާތުމަ

    ކިރުހިތްޕި ބަދަލު ކުރަންޖެހޭ ގޮތް އެނގިއްޖެ. ފޮޑިފުރޭނި ބަދަލު ކުރަންޖެހޭ ގޮތް ދެން ކިޔާ ދޭންވީ

  3. އަޙްމަދު

    ކިރުހިއްޕިއޭ ވަރަށް ކިޔާހިތުނެ އުޅޭ ކުއްޖެއްކަން ނޭނގެ މީތި ލިޔުނީ. ބޮކްސާއާ ޖެހުނީމައި އިނގިރޭސިވެއްޖެ ވިއްޔާ.

  4. ބަދުރު

    ގިނަކުދިން ބޭނުންކުރަނީ މިހާރު ސިލިކަން ބޮއްބޯ

  5. ސިއްހީ މައުލޫމާތަކީ ވެސް ވިޔަފާރި ކުރިއަރުވަން ކުރާކަމެއްތޯ ؟