ބޮޑުވައި އިނގިއްޔަށް 30 ސިކުންތު ވަންދެން ފުމުމުން ވާ ގޮތް އެނގޭނަމަ އަންތަރީސްވާނެ!
އިންސާނާގެ ސިކުނޑިއަކީ އެނބުރޭ ވަހުތާނެއްް ފަދަ އެއްޗެކޭ މުސްކުޅިން ބުނެ އުޅެނީ ތޯތޯ ވާހަކައަކަށް ނޫނެވެ. އެއީ ހަމަ ހަގީގަތެވެ. މިއަދު ތިބާ ކުރާ ހިތްވާ ކަމެއް މާދަމާ ހެނދުނު އިރުއަރާއިރު ތިބާ އެންމެ ފޫހިވާ ކަންތަކަށް ބަދަލުވެގެން ގޮސްފާނެއެވެ. މިއަދު ތިބާއަށް މީރު ކާއެއްޗެއް މާދަމާ ތިބާ އަނގައަށް ލާން ވެސް ބޭނުން ނުވެދާނެއެވެ. މި ހުރިހާ ކަމަކީ ވެސް ތިބާގެ ވިސްނުމުގެ ސަބަބުންވާ ކަންތަކެވެ.
ކަނޑުމައްޗަށް އެރުމަށްފަހުގައި ވެސް ހޮޑުލެވޭނޭ ހިތަށް އަރައި އެކަމާ ދޭތެރޭ މާ ބޮޑަށް ވިސްނައިފި ނަމަ ހޮޑުލެވޭ ކަމަށް މީހުން ބުނެ އުޅެއެވެ. އަދި މުސްތަގުބަލުގައި ވެދާނެ ކަމަކާ ދޭތެރޭ ވިސްނައި ހެދުމަކީ ހިތް ބިރުގަނެ މީހާ ހާސްވެ ކަންބޮޑުވެދާނޭ ކަމެކެވެ. ކޮންމެއަކަސް ކިޔައިދޭން މިއުޅެނީ ވެސް ތިބާގެ ވިސްނުމާ ގުޅިފައިވާ ކަމެކެވެ.
ވަޒީފާއެއްގެ އިންޓަވިއުއަށް ގޮސް އެތަނުގައި މަޑު ކޮށްގެން އިންނައިރު، ވާނޭ ގޮތަކާ ދޭތެރޭ ވިސްނައިވިސްނައި ބޯހަލާކު ވަނީ ހެއްޔެވެ. އެކަމާ މީހާ ފިނިވެ ހިތްބިރު ގަންނަނީ ހެއްޔެވެ. އަދި މާބޮޑަށް ކަންބޮޑުވަނީ ހެއްޔެވެ. ބޮޑު ހަފްލާއެއް އޮންނަ ދުވަހެއްގައި ނުވަތަ އިމްތިހާނެއް އޮންނަ ދުވަހެއްގައި ވެސް ހިތްބިރު ގަންނަނީ ހެއްޔެވެ. ތިބާގެ ކައިވެނީގެ ހަފްލާ އޮންނަ ދުވަހުވެސް އެކަމާ ހިތްބިރުގަނެ ނޭވާ ކުރުވެ ފާޑުފާޑުގެ ގޮތްގޮތް ވަނީ ހެއްޔެވެ. ކިޔައިދޭން މިއުޅެނީ ތިފަދަ ކަންކަމަށް އޮތް ވަރަށް މޮޅު އެހާމެ ފަސޭހަ ހައްލެކެވެ.
30 ސިކުންތު ވަންދެން ތިބާގެ އަތުގެ ބޮޑުވައި އިނގިއްޔަށް ފުމެފުމެ އިންނާށެވެ. އެކަމުގެ ސަބަބުން ތިބާގެ ހިތްބިރު ކެނޑި މީހާ ހަމައަކަށް އެޅިގެންދާނެއެވެެ. ސަބަބަކީ ހެއްޔެވެ؟ ހިތްބިރު ގަތުމާއި ހާސްވުމަކީ ތިބާގެ ސިކުނޑީގެ ނާރުތަކާ ގުޅިފައިވާ ކަންތައްތަކެއް ކަމަށް ސިއްހީ މާހިރުން އެއްބަސްވެލައްވައެވެ.
ދެން އޮތް ސުވާލަކީ އަތުގެ ބޮޑުވަައި އިނގިއްޔަށް ފުމުމާއި ސިކުނޑީގެ ނާރުތަކާ ހުރި ގުޅުމަކީ ކޮބައި ހެއްޔެވެ؟ ޖަވާބު ވަރަށް ވެސް ފަސޭހައެވެ. ހަށިގަނޑުގައި އެންމެ ނާރު ގިނަ އެއްތަނަކީ ތިބާގެ އިނގިލިތަކެވެ. އެހެންކަމުން ތިބާގެ ބޮޑުވައި އިނގިއްޔަށް 30 ސިކުންތު ވަންދެން ފުމުމުން، އެކަމުގެ އަސަރު ސިކުނޑީގެ ނާރުތަކަށް ވަރަށް ފަސޭހައިން ކުރެއެވެ.
މިކަމުގެ ސަބަބުން ތިބާގެ ނޭވާލުން ވެސް ހަމައަކަށް އެޅި ތިބާގެ މުޅި ހަށިގަނޑު ހަމަޖެހިގެންދާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ގަބޫލު ނުކުރެވޭނަމަ އަމިއްލައަށް މިކަން ތަސައްވަރު ކޮށްލާށެވެ. ހޭދަވާނީ އެންމެ 30 ސިކުންތެވެ.
މީ ޚަބަރުތަ..
މިއީ ހަބަރެއް ނޫން. މިއަށް ކިޔަނީ އާންމު މައުލޫމާތު
ތިޔަށް ވުރެން ރަނގަޅުވާނެ ހެއްދެއްވި ފަރާތް މަތިން ހަންދުމަ ކުރިޔަސް
ބޯ އަނބުރައިން ގޮއްސި ބޮޑުވާ އިނގިއްޔައް ފުމެ ފުމެ
ތަސައްވަރުކުރުމަކީ އިމޭޖިންކުރުން.
ތަސައްވަރެށް ނޫން ތަޖުރިބާ