ލައިފްސްޓައިލް

ދަތުރު ދާއިރު އިސްޓާކީނަކާއި ބޭބީ ފުށް ފުޅިއެއް ގެންދަންވީ ކީއްވެކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ދަތުރު ދިއުމަކީ އަހަރެެމެން އެންމެން ވެސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. ގިނަ ފަހަރަށް އަހަރެމެން ދަތުރު ގޮސް އުޅެނީ ކޮންމެވެސް ފަޅު ރަށަކަށެވެ. ނުވަތަ ދިރިއުޅޭ ރަށުގެ ތުނޑި ނުވަތަ ރީތި ގޮނޑުދޮށަކާއި މޫދެއް އޮންނަ ހިސާބަކަށެވެ. ކޮންމެއަކަސް މިހެން ގޮސް ގޮނޑުދޮށުގައި ސަކަރާތް ޖަހަން އުޅޭއިރު، ގައިގެ އެތަންމިތަނަށް ވެލި އެޅުމަކީ ވަރަށް އުނދަގޫވާ ކަމެކެވެ. ގެއަށް އައިސް ފެންވަރާލާއިރު މުޅި ފާހާނައިގައި އޮންނަނީ ވެއްޔެވެ. އެއްޗެހި ދޮންނަން ބަލާއިރު މުޅި އަންނައުނުގައި ވެސް ވެއްޔެވެ. ޖީބު ހުރި އެއްޗެއް ލައިގެން ގޮސްފިނަމަ މުޅި ޖީބު ފުރެންދެން ވެސް ވެއްޔެވެ.

Ads by STELCO

ކޮންމެއަކަސް ގައިގައި ވެލި އުނގުޅުމަކީ ވަރަށް އުނދަގޫ ވާ ކަމެއް ދޯއެވެ. އަދި ބައެއް ފަހަރަށް ގައިގައި އުނގުޅޭ ވެލި ފިލުވުން އޮންނަނީ ނުހަނު ބޮޑު ތުރާލަކަށް ވެފައެވެ. ވެލި ނުފިލައިގެން ލޭ މައްޗަށް ގޮސް ރުޅިގަދަވާ ފަހަރު ވެސް މަދެއް ނޫނެވެ. މިކަމަށް ހައްލެއް ބޭނުން ދޯއެވެ. މިއޮތީ ވެސް މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަމެކެވެ.

ދަތުރު ދިއުމުގެ ކުރިން ބައު އިސްޓާކީނަކާއި ބޭބީ ފުށް ފުޅިއެއް ހޯދާށެވެ. އިސްޓާކީނެއް ހޯދާއިރު އޭގައި ވިދެއް ހުރިތޯ ބަލައްޗެވެ. ބައެއް އިސްޓާކީނު ތަކުގައި ވަރަށް ކުދިކުދި ވިދު ވެސް ހުންނާނެއެވެ. އެފަދަ އިސްޓާކީނު ވެސް ކަމަކު ނުދާނެއެވެ. ސަބަބަކީ ކުރަން މިއުޅޭ ކަމަކީ އިސްޓާކީނު ތެރެއަށް ފުށް އެޅުން ކަމުގައި ވާތީއެވެ. އިސްޓާކީނު ތެރެއަށް ފުށް އަޅާއިރަށް ފައިބައިގަނެއްޖެ ނަމަ ކުރި ހުރިހާ މަސައްކަތް ދާނީ ފެނަކަށް ނޫން ހެއްޔެވެ.

ކޮންމެއަކަަސް ދަތުރު ދިއުމުގެ ކުރިން އިސްޓާކީނަށް ފުށް އަޅާށެވެ. ގާތްގަނޑަކަށް އިސްޓާކީނު ފުރެންދެން އަޅާށެވެ. އެކަމަކު ގޮށް ޖަހާނެ ޖާގައެއް ބައިންދައްޗެވެ. ފުށް އެޅުމަށްފަހު ގޮށް ޖަހާލާށެވެ. އެއަށްފަހު ތިބާ ގެންގުޅޭ ދަބަހަކަށް ނުވަތަ ކޮތަޅަކަށް ލާށެވެ. ދަތުރު ގޮސް ގައިން ވެލި ފިލުވަން ވުމުން އެ އިސްޓާކީނު މުޅި ގައިގައި ކާއްތާށެވެ. އެހެން ނަމަވެސް އެކަކު ބޭނުން ކުރާ އިސްޓާކީނު އަނެކާއަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މިފަދައިން ކަންތައް ކުރުމުން ގައިގައި ތަތްލާފައި ހުންނަ ވެލިތައް ފަސޭހަ ކަމާއެކު ފިލައިގެންދާނެއެވެ. އަދި ތިބާގެ ހަންގަނޑު ރީތިވެ ގައިން ލޮނު ވަސް ވެސް ލޮނުގެ އަަސަރު ވެސް ފިލާނެއެވެ.

މިއީ ހަގީގަތުގައި ވެސް ވެލި ފިލުވަން މޮޅު ގޮތެއްތޯ ބެލުމަށް މިކަން ތަޖުރިބާ ކޮށްލާށެވެ.

Ads by PNC
  1. މޫދު މަލިކާ

    ތިޔަށްވުރެ ގެޔަށް އައިސް ފެންވެރިއްޔާ މާ ތާހިރެއއނު

  2. ހަސަންބެ

    އަހަރުން ދިވެހިން މިހާރީތީ ލޮނުގެ އަސަރުވެސް ގައިގަ ހުންނާތީއެއްނޫންތަ އަޅެފަހެ؟

  3. ކޮސް

    މޫދުން އަރާއިރު ވެލި ފިލުވައިގެން އެރީމަ ނިމުނީ އެއްނު.