މީގެ ފަހުން ކޮންމެ ދުވަހަކު އެއް ފައިވާނަކަށް ނާރާތި! ސަބަބު ވެސް މިއޮތީ!
ރީތި އަދި ހިތްހަމަޖެހޭ ފައިވާނެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެފަދަ ހިތްހަމަ ޖެހޭ މޮޅު ފައިވާނެއް ލިބޭނީ އެތައް ފިހާރައަކަށް އެތައް ފަހަރަކު ދުއްވައިގެންނެވެ. ދެން އެހާ އުނދަގުލުން ލިބޭ ފައިވާނަށް އަރައިގެން އުޅޭތާ އެތައް ދުވަހެއް ވާއިރު ވެސް އެފައިވާން އެއްލާލާކަށް ނުވަތަ އެފައިވާން ބާލަން ހިތަށް ވެސް ނާރާ މީހުން މިހާރު ވަނީ ގިނަވެފައެވެ.
އެހެން ނަމަވެސް އަބަދު އެއްފައިވާނަކަށް އަރައިގެން އުޅުމަކީ އެހާ ރަނގަޅު ނޫން ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ވަނީ ދައްކައިފައެވެ. ސަބަބު ވެސް ބުނެދީފާނަމެވެ. ކޮންމެ ދުވަހަކު އެއް ފައިވާނަކަށް އަރައިގެން އުޅުމަކީ ތިމާގެ ފައި ބޭރުފުށުން ކިތަންމެ ރީތި ކަމުގައި ވީ ނަމަވެސް އެތަކެއް ޖަރާސީމު ތަކެއް އޭގެ ތެރޭގައި ވާން މެދުވެރިވާ ކަމެކެވެ.
އަދި އެއަށް ފަހު ގެއަށް ނޫނީ ކޮޓަރިއަށް ވަދެ ހުސްފަޔާ ހިނގާ ކޮންމެ ފަހަރަކީ ތިމާގެ ފައިގައި އެވާ ޖަރާސީމުތައް މުޅި ކޮޓަރީގައި ފެތުރެން ދިމާވާ ކަމެކެވެ. މިފަދަ ކަންކަމަކީ ނުފެންނަން ހުއްޓަސް އެއްވެސް ހާލެއްގައި ކުޑަ ކަމެއްގެ ގޮތުގައި ދެކެން ވާނެ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން އެތައް ބައްޔެއް ޖެހެން މެދުވެރިވެގެން ދެއެވެ.
ދެން އޮތް ސުވާލަކީ ގޭގައި އެރުމަށް ތަފާތު ފައިވާނެއް ގެންގުޅުމެވެ. މިއީ ވެސް ތިކަމަށް އޮތް ހައްލެއް ނޫނެވެ. ފައިގައިވާ ޖަރާސީމުތައް ދެން ފެތުރޭނީ ތިމާ އަރަމުން ގެންދާ ފައިވާނުގައެވެ. އަދި އެ ފައިވާނުގައެވެ. ނަތީޖާއެއްގެ ގޮތުން ފާޚާނާއަށް ވަންނަ ކޮންމެ ފަހަރަކު ތިމާ ފައި ދޮވެ ސާފުކޮށްގެން ނިކުތް ކަމުގައި ވީ ނަމަވެސް އަނެއްކާ ވެސް ޖަރާސީމުތައް ތިމާގެ ފައިގައި ފެތުރެން މެދުވެރި ވުމެވެ. އެހެން ކަމުން މިކަމާ ވިސްނާ ފިކުރުކޮށްލާށެވެ.
ދެން މާދަން ބުނާތި ޖަރާސީމް ނޫޅޭ ދުނިޔެއަކަށް އުޅެން ދާން ލިޔާނެ އެއްޗެއް ނޭނގުނިއްޔާ.
ދެން ދުވާލަކު ފައިވާނަކަށްތަ އަރަންވީ؟
މިކަމަށް އޮތް ހައްލަކީ ކޮބާތޯ؟