ދީން

ތިޔަހެން ނުހުރެ އަވަހަށް މީހަކާ އިންނާށެވެ.

ދެން އެމްވީ ، ދެން އޮންލައިން

އަޅުގަނޑުމެންގެތެރޭގައި ކާވެނިނުކޮށް އުޅޭ ޒުވާނުން ވަރަށްގިނައެވެ. ގިނަ ޒުވާނުންނަކީ ތަޢުލީމީ ހަޔާތުގެ ވަކި ހިސާބަކުން ނޫންނަމަ މަދަރުސީ ދަޢުރަށްފަހުގައި ކާވެނިކުރާނެ ބައިވެރިޔަކު އިޚުތިޔާރުކޮށް އެކަމަށް ވަރަށް ތައްޔާރުވާ ބައެކެވެ. އެހެންނަމަވެސް ބައެއް ޒުވާނުންނަކީ ރަނގަޅު ވަޒީފާއަކަށްފަހު ރަނގަޅު އާމުދަނީއެއް ލިބެންފެށުމުން ނޫނީ ކާވެނީގެ ވާހަކަ އަޑު އަހަން ވެސް ބޭނުންވާ ބައެއް ނޫނެވެ. އަނެއްބައި ޒުވާނުންނަކީ އެޒުވާނުންގެ ނޫކަށިފުރާގެ ދުވަސްތައް ކާވެނިން ބޭރުގައި ހޭދަކުރެވޭ ޙަރާމް ގުޅުންތަކުގެ ތެރޭގައި ދުއްވާލާ ބައެކެވެ.

Ads by Sosun Fihaara

ކަންކަން ކުރަން އޮންނަ ވަގުތު ފާއިތުވެ، އެކަމެއް ނުކުރެވުމުން ނުވަތަ އެކަމެއް ކުރަން ދަތިވުމުން ބޮޑެތި ގެއްލުންތަކާއި ދަތިތަކާ ކުރިމަތިލާން ޖެހިދެއެވެ. އަދި އެކަން ނުކުރެވުމުގެ ސަބަބުން ހިތާމަޔާއި، ހިތްދަތިކަން އުފުލަން ޖެހެނީ ވެސް އެކަމެއް ކުރަން އޮންނަ ގޮތަށް، ރަނގަޅު ވަގުތުގައި އެކަން ނުކުރެވުމުގެ ސަބަބުންނެވެ. އެހެންކަމުން ކައިވެނި ކުރާ އުމުރަށް ގޮސްފައި ތިބޭ ޒުވާނުންނަށް އޮތީ ކުޅަދާނަކަންލިބުނުހާ އަވަހަކަށް ކައިވެނިކުރުމެވެ. އަދި އެކަމަށް ކުޅަދާނަ ވެގެން ނުވާ މީހާ ކަންތައް ކުރަން ޖެހޭ ގޮތް ވެސް ވަނީ އިސްލާމް ދީނުގައި ބަޔާން ކުރައްވާފައެވެ. ޙަދީޘްބަސްފުޅެއްގައި އައިސްފައިވެއެވެ.

ޢަބްދު ﷲ ބުން މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައިވީމެވެ. އޭރު ތިމަން ބޭކަލުންނަކީ ޒުވާން ފުރައިގެ، ނަމަވެސް އަތްމަތި ދަތި ބަޔަކީމެވެ. ފަހެ ރަސޫލާ صلىالله عليه وسلم ތިމަންމެންނާ މުޚާތަބު ކުރައްވާ، ޙަދީޘް ކުރެއްވިއެވެ. "އެންމެހާ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަ ވެގެންވާ މީހުން ކައިވެނި ކުރާހުށިކަމެވެ. ހަމަކަށަވަރުން އެކަމަކީ ލޮލަށް ހުރި ފިނިކަމެކެވެ. އަދި އެކަމަކީ ލަދުވެތި ގުނަވަނަށް ލިއްބައިދޭ ރައްކާތެރިކަމެކެވެ. އެކަމަށް ކުޅަދާނަ ވެގެން ނުވާމީހާ ރޯދަ ހިފާހުށިކަމެވެ. ހަމަކަށަވަރުން ރޯދައިގައި ރައްކާތެރިކަމެއް ވެއެވެ."

ކާވެނިކުރަން ބޭނުންވެ އެކަމަށް އެދިއެދި ތިބި ޒުވާނުންނެއް ވެސް މަދެއްނޫނެވެ. ކާވެނީގެ ބައިވެރިޔާއަށް އިންތިޒާރު ކުރެވެނީއެވެ. ބައިވެރިޔަކާ ހިސާބަށްދާން ލަދުން ، ނޫނީ މީހުންގެ އުޅުން ހުންނަ ގޮތުން ނަމަވެސް ގަންނަ ބިރެއްގެ ސަބަބުން ބައިވެރިޔަކު ހޯދަން ނުކެރިފައި ތިބި ކިތަންމެ ބަޔަކު ވެސް އެބަތިއްބެވެ. ބިރުން ނުކެރިފައި ތިބޭކަށް ނުޖެހެއެވެ. ބައިވެރިޔަކު އިޚުތިޔާރުކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް ވެސް އަހަރެމެންގެ ދީނުގައި ވަނީ އަންގަވާފައެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. އެންމެ ހެޔޮ ވެގެންވާ އަންހެނަކީ ކޮބައި ހެއްޔެވެ. ޙަދީޘްކުރެއްވިއެވެ. " އެއީ އޭނާއަށް ބަލައިފިނަމަ ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ އަދި އަމުރެއް ކޮށްފިނަމަ އެ އަމުރަށް ކިޔަމަންތެރިވާ އަންހެނާއެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށާއި އޭނާ އަތުގައިވާ ފިރިމީހާގެ މުދަލަށް ޚިޔާނާތްތެރި ނުވާ އަންހެނާއެވެ."

ކައިވެނި ކުރަން އެދޭ މީހަކަށް ހެޔޮކަން ބޮޑުވެގެން ވަނީ ހެޔޮލަފާ ދީންވެރި ސާލިޙު އަންހެނަކާ ކައިވެނި ކުރުމެވެ. އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ.

قال رسول الله صلى الله عليه وسلم: تُنْكَحُ الْمَرْأَةُ لِأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ،وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ

ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ." ހަތަރު ކަމަކަށް ޓަކައި އަންހެނުންނާ ކައިވެނި ކުރެވެއެވެ. އެއީ އޭނާގެ މުދަލަށާއި، އޭނާގެ ޙަސަބަށާއި، އަދި އޭނާގެ ރީތި ކަމަށާއި، އޭނާގެ ދީން ވެރިކަމަށް ޓަކައެވެ. ފަހެ ދީންވެރި މީހާ އިޚްތިޔާރު ކުރާށެވެ. (އެހެންނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ." (އެބަހީ ތިބާ ފަޤީރުވެ، ބަރުބާދު ވެދާނެއެވެ.)

އެމީހަކީ ފަޤީރު ދެރަ ނިކަމެއްޗެއް ކަމުގައި ވީނަމަވެސް ދީންވެރި، ޞާލިޙް މީހެއްކަމުގައި ވަނީނަމަ އެމީހަކު އިޚްތިޔާރު ކުރުމީ އެންމެ ބުއްދި ވެރިގޮތެވެ. އަށް ރިވެތި ގޮތުގައި ވަކީލުކޮށް، ޢިތްފަތްތެރިކަމަށް އަހައްމިޔަތުކަންދީ، އެއިލާހުގެ ފަޟުލުވަންތަ ކަމަށް އެދޭކަމުގައި ވަނީނަމަ އެމީހެއްގެ ކައިވެނި ބާއްޖަވެރި ވެގެން ދާނެއެވެ.

އަބޫ ޙުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ.

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ثَلَاثَةٌ حَقٌّ عَلَى اللَّهِ عَوْنُهُمْ : الْمُجَاهِدُ فِيسَبِيلِ اللَّهِ ، وَالْمُكَاتَبُ الَّذِي يُرِيدُ الْأَدَاءَ ، وَالنَّاكِحُ الَّذِي يُرِيدُ الْعَفَافَ

މާނަ : "ތިންމީހެއްގެ ކަންކަން ފުއްދަވައި ދެއްވައި އެހީތެރިވެ ވޮޑިގަތުމަށް، ﷲ ޞުބުހާނަޙޫ ވަތަޢާލާ އަށް ޙައްޤުވެ ވޮޑިގެން ވެއެވެ. (އެއީ) ﷲ ގެ މަގުގައި ޖިހާދު ކުރާމީހާ އާއި، މިނިވަންވުމަށްޓަކައި ސާހިބު މީހާއަށް ފައިސާ ދެއްކުމަށް އެއްބަސްވުމެއްހަދާ އަޅުމީހާއާއި، އަދި ޢިތްފަތްތެރި ވުމަށްޓަކައި ކައިވެނިކުރާ މީހާއެވެ. "

ކާވެނި ކުރަން ކުރަން ހުއްޓާ ފުރުސަތު ގެއްލިގެންދާ މީހުންނެއް ވެސް މަދެއް ނޫނެވެ. ދާދި އަވަހަށް ޒުވާންކަންނިމި މުސްކުޅިކަން އިޙުސާސްވާން ފަށާފާނެއެވެ. އުމުރުން ދުވަސްވެފައި ހުރުމުގެ ސަބަބުން ޒަވާޖީ ޙަޔާތުގެ ފޮނިމީރުކަން ގެއްލިގެން ހިނގައިދާނެއެވެ. ހަޔާތުގެ ބައިވެރިޔާއަކީ، ތިމާގެ ޙަޔާތުގައި ދިމާވާ ކޮންމެ އުފަލަކާއި، ހިތާމައެއްގައި ބައިވެރި ވުމަށް އަދި ތިބާ ހެޔޮކަންކަން ކުރުމަށް ހިތްވަރަކަށް ވާނެ ފަރާތް ކަމުގައިވާހިނދު ރަނގަޅު ސިފަތަކެއް ހުރިކުއްޖަކު ހޯދައިގެން އަވަހަށް ކައިވެނި ކުރަން އުޅޭށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!