ޚަބަރު

މިހާތަނަށް 488 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވޭ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި 488 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާ ކަމަށް އެންއީއޯސީން ބުނެފިއެވެ.

Ads by MWSC

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ މިހާތަނަށް 488 މީހަކަށް އެއްމިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހަތް ހާސް ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

"އިންކަމް ސަޕޯޓު އެލަވަންސް" އެލަަވަންސް ދެނީ ވަކި ހާއްސަ އުސޫލެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހަށް ފަހުން ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދައިން ވަޒީފާތަކަށް އަސަރު ކޮށްފައިވާ މީހުން އެ މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދިފައެވެ. އަދި މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ވަނީ އެ ސެންޓަރުގައި ރަޖިސްޓްރީވެފައެވެ.

ސަރުކާރުން ވަނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް 5،000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ނިންމާފައެވެ. މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޮވިޑް19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.

އުސޫލުގައި ބުނެފައި ވަނީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ 5،000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބިގެންދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!