Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޑީޕީ މުޒާހަރާގެ ހައްޔަރީންނަށް ދައުވާކުރަން ފުލުހުން އެދުނު ނަމަވެސް ދައުވާ ނުކުރި

އެމްޑީޕީ މުޒާހަރާގެ ހައްޔަރީންނަށް ދައުވާކުރަން ފުލުހުން އެދުނު ނަމަވެސް ދައުވާ ނުކުރި
އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މީހުނަށް ދައުވާކުރުމަށް ފުލުހުން ފޮނުވި ނަމަވެސް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ. އެ ގޮތުން ހަތް މީހަކަށް ދައުވާކުރުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ. އެ ހަތް މީހުންނަކީ:
  1. ޙުސައިން ޝާކިރު
  2. ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ
  3. ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް
  4. މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް
  5. އަޒީމް އަލީ
  6. އަލީ ޖުމާން
  7. މުހައްމަދު ޚަލަފް އިބްރާހީމް
މި މައްސަލާގައި އެ މީހުންގެ މައްޗަށް ދެ ދައުވާއެއް ކޮށްދިނުމުގެ އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. އެ މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމީ މުޒާހަރާކުރުމަކީ އަސާސީ ހައްގަކަށްވާތީ އާއި އެ މީހުން ކުރި އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާތީ އެވެ. އެހެން އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް