ޖިންސީ ގުނަވަނުގައި އަތްލާން ބުނެ ސާޖިދު ޚާން އެކްޓްރެސް އަކަށް ފުރައްސާރަކުރި މައްސަލައެއް
ބޮލީވުޑްގެ ހެއްވާ މަޖާ އެތައް ފިލްމުތަކެއް ހަދާފައިވާ ސާޖިދު ޚާން ގެ މައްޗަށް، ޖިންސީ ފުރައްސާރަ ކުރަން އުޅުން ކަމުގެ ތުހުމަތެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.
އިންޑިއާ ގައި ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ހިންގާ "މީ ޓޫ" ކެމްޕޭނުގައި، އެކްޓްރެސް އަދި މޮޑެލް ޝަރލިން ޗޯޕްރާ އޭނާއަށް ދިމާވި ހާދިސާއެއް ކިޔައިދެމުން ބުނީ ފިލްމަކުން ޖާގައެއް ލިބޭތޯ 2015 ވަނަ އަހަރު ސާޖިދު ޚާން ކައިރިއަށް ދިޔުމުން އޭނާ ވަނީ އޭނާގެ ޖިންސީ ގުނަވަން ދައްކާ، އޭގައި އަތްލާން ބުނެފައި ކަމަށެެވެ.
ޝަރލިން ކުރި ޓްވީޓެއްގައި ބުނީ އޭނާ މިވާހަކަތައް އަނެއްކާވެސް މިދައްކަނީ އިތުރަށް މިމައްސަލަ ބަލަން ބޭނުން ވެގެނެއް ނޫން ކަމަށެވެ. އެއިރު ވެސް މިމައްސަލަ ޖެއްސި ކަމަށާއި ކޯލް ރިކޯޑުވެސް އެެއިރު ޗެކް ކުރި ކަމަށެވެ. އެހެން ނަމަވެސް މައްސަލަ އިތުރަށް ކުރިއަށް ނުގޮސް ކަމާ ބެހޭ ފަރާތްތަކުން ވެސް އެމައްސަލަ ދޫކޮށްލީ ކަމަށް ވެސް ބުންޏެވެ.
ޝަރލިން މިވާހަކަ އަލުން ފަށާފައި މިވަނީ ފިލްމު "ގަޖިނީ" ގައި ހަރަކާތްތެރިވި ޖިއާ ޚާން އަށް ވެސް ފިލްމަކުން ޖާގަ ދޭނެ ކަމަށްބުނެ، ސާޖިދު ޚާން ގެ ސްޓޫޑިއޯ އަށް ގެންގޮސްފައި ލައިގެން ހުރި އަންނައުނު ބާލަން ޖިއާ ގާތު ބުނި މައްސަލައެއް ފެންމަތިވުމުންނެވެ.
ޖިއާ ގެ ކޮއްކޮ މީޑިއާތަކާއި ވާހަކަ ދައްކަމުން ދާދި ފަހުން ބުނެފައިވަނީ، ސާޖިދު ޚާން ޖިއާ ގާތު އަންނައުނު ބާލަން ބުނިކަމަށް ޖިއާ ކިޔައިދިން ކަމަށާއި، މަރުވުމުގެ ކުރިން ޖިއާ ހުރީ އެކަމާ ވެސް ވަރަށް މާޔޫސް ވެފައި ކަމަށެވެ.
މިވާހަކައާ ގުޅިގެން ޝަރލިން އޭނަގެ ވާހަކަ ވެސް ކިޔައިދިނުމުން، މީހަކު ބުނެފައިވަނީ ހަނު ހުންނަނީ ކީއްވެތޯ އާއި އެމައްސަލަ ޖައްސަން ޖެހޭނެ ކަމަށެވެ. އެއަށް ރައްދު ދެމުން ޝަރލިން ބުނީ ސާޖިދު އާއެކު "ބޮލީވުޑް މާފިއާ" އޮންނަ ކަމަށާއި ހަގީގަތް ކިޔައިދިނަސް އޭނަގެ ވާހަކަތައް އަޑުއަހާނެ މީހަކު ބޮލީވުޑްގައި ވެސް ނެތް ކަމަށެވެ.
އަހަރެން ހިތައްއަރާ މިހާ އިއްފަތްތެރި ކުދިން އެ ފިލްމުތަކުގަ އެއުލޭ ބަޠަލާ އެކު މުޅިދުނިޔެއައް ފެންނަ ގޮތައް ދެމީހުން ބަރަހަނާވެ ހުރިއްޔާ ހުރިތަނެއްގަ ހިފާ އަތްލަން ރުހުމާ އެކު ބޭނުން ވެގެން މިދެނީ ކީއްވެބާއޭ