ޚަބަރު

އަދުރޭ، ރައީސަށް: ދީނާއި، މިނިވަންކަމާއި ސިޔާދަތާ ކުޅެންޏާ މަޑަކުން ނުތިބެވޭނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހިންގެ ދީނާއި މިނިވަންކަމާއި ސިޔާދަތާ ކުޅޭނަމަ މަޑުން ނުތިބެވޭނެ ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ރައްދެއް ރައީސް ޞާލިހަށް ދެއްވައިފިއެވެ.

ރަށު ބަންދުގައި ތިބެ، ރޭ އިދިކޮޅު ކޯލިޝަނުން މާލެއާއި ތ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލަށްޓަކައި އެންމެ މަތިވެރި ޤުރުބާނީއެއް ފަހުގެ ތާރީހެއްގައި ވެވަޑައިގެންފައިވާ ހަމައެކަނި ވެރިޔަކީ ރައީސް ޔާމީން ކަމަށެވެ.

އަދި ރައީސް ޔާމީން މިޤައުމުގެ މިނިވަންކަމަށްޓަކައި ކުރެއްވި މަސައްކަތްތަކީ މިޤައުމުގެ ފަސްގަނޑުން ތާއަބަދަށް ފެންނަން ހުންނާނެ ކަންތައްތަކެއް ކަން އަބްދުއްރަހީމް ފާހަގަ ކުރެއްވެވިއެވެ.

"މިއަދު ފެނިގެން މިދަނީ އަނެއްކާވެސް އެ ޤުރުބާނީތައް ބޮލާލައި ޖަހައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާ މަންޒަރު. ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވައިގެން މިކަން ކުރުމަކީ މިސަރުކާރަށް އެންމެ ފަސޭހައިން މިކަން ކުރެވެން އޮތް ގޮތް. ސަރުކާރުން ރައީސް ޔާމީން ޖަލަށްލައިގެން މިކަން ކުރެވިދާނެކަމަށް ހީކުރުމަކީ ކުށް ހީއެއް." އަދުރޭ ވިދާޅުވިއެވެ.

Ads by Ooredoo
  1. މުޙަންމަދު

    އެއީ ތެދެއް. އަދުރޭއާ ޔާމީންއަށް މިހާރު އެކުގާ ދަމުނަމާދުވެސް ނުކުރެވޭ.