ޚަބަރު

ވެކްސިން ގަންނަ އަގު ހާމައެއް ނުކުރާނެ: އެޗްއީއޯސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ގައުމުތަކާ މަޝްވަރާ ކުރަނީ ވަކިވަކިން ކަމަށްވުމާއެކު ރާއްޖެއިން ވެކްސިން ގަތް އަގު ހާމަނުކުރާނެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

Ads by STELCO

ރޭ އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް19 ވެކްސިން ރާއްޖެ އަށް ގެނައުމަށް އެސްޓްރަޒެނެކާ އާއެކު އެއްބަސްވުން އެކުލަވާލާ، ވެކްސިން ލިބޭނެކަން ޔަގީންވެފައިވާ ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް ތިން މަސްތެރޭގައި އެ ވެކްސިން ލިބުން ކަމަށެވެ. ސިންގަޕޫރު ކުންފުނިން، ހަތް ލައްކަ ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ވެކްސިން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ގައުމުތަކާ މަޝްވަރާ ކުރަނީ ވަކިވަކިން ކަމަށްވުމާއެކު ވަކި ގައުމަކަށް ދިން އަގު ހާމަ ކުރުމުން ކުންފުންޏަށް އޭގެ ދަތިކަން ފޯރާނެތީ އަގު ހާމަ ނުކުރާނެ ކަމަށެވެ. އެކަމަކު ފަހުން އެ މައުލޫމާތު އާއްމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އެއްވެސް އިތުރު ފަރާތަކަށް ބަރޯސާ ނުވެ، ވެކްސިން ލިބޭނެ ސަޕްލައި ކަށަވަރު ކުރުން. ވެކްސިން ލިބޭނެ މަގުތައް މިހާރު ވެސް މި ހޯދަނީ ވަރަށް ހަނި ފުރުސަތުތަކުގެ ބޭނުންކޮށްގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި 100،000 ޑޯޒްގެ ވެކްސިން އިއްޔެ ރާއްޖެ ގެނެސްފައިވާއިރު އެއީ އެ ގައުމުން ދިން ހިލޭ އެހީ އެކެވެ. ވެކްސިން މިހާރު ލިބުނަސް އެ ދޭން ފަށާނީ، ޑަބްލިއުއެޗްއޯއިން އެ އަށް ހުއްދަ ދޫކުރުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

  1. ރައްޔިތު

    ވައްކަން ކުރެވޭނީ އޭރުންތާ ދޯ!