ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެެލެންޖް: ވީކޭ އާއި ސްކޮޑްރާގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޑުޕަ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގައި މިރޭ ވީކޭއާއި ސްކޮޑްރާ ބައްދަލު ކުރި މެޗު 2-2 ގެ ނަތީޖާއަކުން ހަމަހަމަ ބެގެން ނިމިއްޖެއެވެ.

Ads by STELCO

މި މުބާރާތުގައި ވީކޭއިން ކުޅުނު ފުަރަތަމަ މެޗުގައި އެޓީމުން ވަނީ ބޮންގް ބޯއީސްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އަދި ސްކޮޑްރާ ވެސް އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ވަނީ ދަ ގޯޅިއާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އެހެންކަމުން މިރޭގެ ކުރިމަތިލުމަށް މި ދެޓީމުން ވެސް ނިކުތީ 3 ޕޮއިންޓާއި އެކުއެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ދެޓީމިގެ ދެމެދުގައި ގިނަ ހަމަލާތަކެއް ބަދަލުކުރެވި ފެނިގެން ދިޔައީ ފޯރިގަދަ މެޗެކެވެ.

މި މެޗުގައި ވީކޭގެ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ އަލީ ހާފިޒް (ހާއްޕެ) އަދި އަބްދުﷲ ޝާފިއު އެވެ. މި ދެކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅު ދެ ކުޅުންތެރިންނެވެ.

އަދި ސްކޮޑްރާގެ ގޯލްތައް ކާމިޔާބު ކޮށްދިނީ، އިސްމާއިލް ނަސީމްއާއި އަބްދުﷲ ސިނާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކޮޑްރާ ޓީމުގެ ޖާރޒީ ނަންބަރު 79، އިސްމާއިލް ނަސީމެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!