ބޮލީވުޑް

އާލިއާ ބަޓްގެ ބޭބެއެއް ވެސް ހުންނަކަން އެނގޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އާލިއާ ބަޓްގެ ބޭބެ ރާހުލް ބަޓްގެ އުފަން ދުވަހެވެ.

Ads by STELCO

ރާހުލް ބަޓް އަކީ ހަގީގަތުގައި އާލިއާގެ އެއްބަފާ ބޭބެއެވެ. އޭނާއަކީ ކުރީގެ މަޝްހޫރު އެކްޓްރެސް ޕޫޖާ ބަޓްގެ ކޮއްކޮ ވެސް މެއެވެ. ޕޫޖާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ރާހުލް އަށް އުފަންދުވަހުގެ ތަހުނިޔާ ވެސް ފޮނުވާފައެވެ.

ޑައިރެކްޓަރ މަހޭޝް ބަޓްގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ރާހުލް އަކީ، މަހޭޝްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ.

މިހާރު ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ރާހުލް އާންމުކޮށް އެނގިފައިވަނީ "ސަނީ" ގެ ނަމުންނެވެ.

މަދު ފިލްމެއްގައި ކުރިން އެކްޓުކުރި ރާހުލް ވަނީ މަޝްހޫރު ރިއަލިޓީ ޝޯވ "ބިގް ބޮސް 10"ގައި ވެސް ބައިވެރި ވެފައެވެ.

އެޝޯއަށްފަހު ރާހުލް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، މަހޭޝް ބަޓް އޭނާއާމެދު ޢަމަލު ކުރަނީ ބައްޕަ ނެތް ކުއްޖެއް ފަދައިން ކަމަށެވެ.

"އަހަންނާ ދޭތެރޭ ބައްޕަ ކަންތައް ކުރަނީ އަމިއްލަ ދަރިއެއް ފަދައިންނެއް ނޫން. ބައްޕަ ނެތް ކުއްޖެއް ފަދައިން. އަބަދުވެސް ތަފާތު ކުރޭ" ރާހުލް ބުނެފައިވެއެވެ.

މަހޭޝް ބަޓް އޭނަގެ ދަރިންނާއެކު ފޮޓޯތަކުން ފެންނަނީ ވަރަށް މަދުންނެވެ. ގިނަ ފަހަރަށް ފޮޓޯއަކުން ފެންނަނީ އާލިއާ ބަޓް ނުވަތަ އާލިއާގެ ދައްތަ ޝާހީން ބަޓްއާ އެއްކޮށެވެ. ޕޫޖާ އާއެކު ނަގާފައި ހުންނަ ފޮޓޯތައްވެސް މަދުކަން ރިޕޯޓުތަކުން ވެސް ފާހަގަ ކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!