އިންސާފު ނުދިނުމަކީ އެންމެ ބޮޑު އަނިޔާ، އެކަމުގެ ހިތި ދެކޭނެ: ޖަމީލު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޖުޑިޝަރީއަށް ބަދަލު ގެނައީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ކަމަށާއި، އެންމެ ބޮޑު އަނިޔާއަކީ އިންސާފު ނުލިބުން ކަމަށާއި އަދި އެކަމުގެ ހިތި ދެކޭނެ ދުވަހެއް އަދި އަންނާނެ ކަމުގައި ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ، މުހައްްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގް ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ.
މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓުވީޓުގައި ވަނީ، ހައިކޯޓުން ރައީސް ޔާމިނުގެ މައްޗަށް ކުރި ހުކުމުން އެނގިގެން ދިޔައީ ޖުޑިޝަރީއަށް ސަރުކާރުން ބަދަލު ގެނައީ ސީދާ ވަކި ބަޔަކަށް ޓާގެޓު ކޮށްގެން ކަމަށެވެ. އަދި ޒަމާންވީ މި ސަގާފަތް ބަދަލު ކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުދު މިވީ އޮޅުވައިލުމަކަށް ކަމުގައި ވެސް ޖަމީލު ކުރެއްވި ޓުވީޓުގައި ވެއެވެ.