އާލިއާ ބަޓް މީގެ 10 އަހަރު ކުރިން ނަގާފައިވާ މި ފޮޓޯ ފެނިއްޖެނަމަ އަޖައިބުވެ އަންތަރީސް ވާނެ!

އާލިއާ ބަޓްއަކީ ޅައުމުރުގައި ބޮލީވުޑް ފިލްމީ ދާއިރާއަށް ފެނިގެން ދިޔަ ތަރިއެކެވެ. މިހާރު ގިނަ ބައެއްގެ "ފޭވަރިޓް" ކަމުގައިވާ އާލިއާ ބަޓް އަކީ ގިނަ ބޮލީވުޑް ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ މޮޅު ތަރިއެކެވެ.
އާލިއާ ބަޓް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ. އަދި ހަމަ އެހެންމެ އާލިއާ ބަޓް އެންމެ ފުރަތަމަ ސްކްރީނުން ފެނިގެން ދިޔައިރު ހުރި ގޮތާއި މިހާރު އަޅާ ކިޔާއިރުގައި، ވަރަށް ބޮޑު ތަފާތު ކަމެއް މިވަނީ އައިސްފައެވެ. ކޮށްފައިވާ އެތައް ބުރަ މަސައްކަތްތަކެއް ފެނިގެން ދާކަހަލައެވެ.
މިފަހަކުން އާލިއާގެ 10 އަހަރު ކުރީގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯއެއް ވަނީ އާންމުވެފައެވެ. ހަމަ ޔަގީނުން ވެސް އެހާރާއި މިހާރާ އާލިއާގެ ހަށިގަނޑަށް ވަރަށް ވެސް ބޮޑު ތަފާތެއް ވަނީ އައިސްފައެވެ. ހަށިގަނޑަށް ގެނެސްފައިވާ ލޫޅާފަތިކަމުން ހަމަ ޔަގީނުން ވެެސް އާލިއާގެ ބުރަ މަސައްކަތް ފެނިގެން ދެެއެވެ.

އާލިއާ ބަޓް މީގެ 10 އަހަރު ކުރިން އަދި މިހާރު
އާލިއާގެ ވިދުން ގަދަ ވެގެން ދިޔައީ ސްޓުޑެންޓް އޮފް ދަ އިޔާ އިންނެވެ.