"ވެކްސިން ޖެހުމަށްފަހު ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން މުހިންމު"

ވެކްސިން ޖެހުމަށް ފަހު ގިނައިން ދިޔާތަކެތި ބޭނުން ކުރުން މުހިންމު ކަމަށް އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ޓަކައި ޖަހާ ވެކްސިން ރާއްޖޭގައި ޖަހަމުންދާ މި ދަނޑިވަޅުގައި ޑރ. ފައިސަލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިން ޖެހުމަށް ފަހު ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން މުހިންމު ކަމަށެވެ.
މީގެ އިތުރުން ޑރ. ފައިސަލު ވިދާޅުވެފައި ވަނީ ވެކްސިން ޖެހުމަށްފަހު ގައިގައި ރިއްސާ ނުވަތަ ހުން އަންނަނަމަ، ޕެރެސެޓަމޯލް ބޭނުން ކުރުމަށެވެ.
"ވެކްސިން ޖެހުމަށްފަހު ގިނައިން ދިޔާތަކެތި ބޭނުންކުރުން މުހިންމު ގައިގައި ރިއްސާ ނުވަތަ ހުން އަންނަންޏާ ޕެރަސެޓަމޯލް ބޭނުން ކުރައްވާ! ޢާއްމުކޮށް މިޢަލާމާތްތައް ފެށެނީ ވެކްސިން ޖަހާތާ 12 ވަރަކަށް ގަޑި އިރު ފަހުން، އަދި ދެ ތިން ދުވަސްތެރޭ އިރާދަކުރެއްވިއްޔާ ރަނގަޅުވެދޭ" ޑރ. ފައިސަލް ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅުތެރެއިން 99 މީހަކަށާއި މާލެ ސަރަޙައްދުން 643 މީހުންނަށް ވެކްސިން ދީފައި ވެއެވެ.
މާލެ ސަރަޙައްދުން މިހާތަނަށް 1،309 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ވެކްސިން ދީފައެވެ.
“ޔޫރަފަކުންވެސް ކޯވިޝީލްޑެއް 65 އަހަރުން މަތީގެ މީހުންނަކަށް ނުޖަހާ، އެއުމުރެގެ މީހުންނަކަށް އެކަށީގެންވާ އިމިިއުން ރެސްޕޮންސް އެއް ނާދޭ ޖެހިޔަސް”..!