ޚަބަރު

ހުޅުމީދޫން 4 މީހަކު ކޮވިޑަށް ފައްސިވެ، ރަށް މޮނިޓަރިންގ އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫ ސިޓީ ހުޅުމީދޫގައި ކަރަންޓީނުގައި ތިއްބާ މިދިޔަ ހަފްތާގައި ޕޮޒިޓިވްވި ދެ މީހަކާ ކޮންޓެކްޓުވި ދެ މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވުމުން އެ ރަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިންއަށް ލައިފިއެވެ.

Ads by Sosun Fihaara

ހުޅުމީދޫ ކައުންސިލަރ އިބްރާހިމް ޝުކުރީ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ފައްސިވެފައިވަނީ ހަތަރު ބިދޭސީން ކަމަށާއި އެމީހުން ވަނީ ރަށުގެ ގިނަ ތަންތަނަށް ވެސް ގޮސްފައި ކަމަށެވެ.

"އެމީހުން ފައްސިކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި. ރަށް މޮނީޓަރިންގަށް ލީ ހަވީރު 6:30 ވާން އުޅެނިކޮށް. ހުޅުދޫގައި ވެސް އަދި މީދޫގައި ވެސް އެބަ ހިނގާ އެމްޓީސީސީ ގެ ޕްރޮޖެކްޓުތަކެއް. އެމަސައްކަތަށް އައި ބަޔަކު އުޅެނީ މިތަނުގައި މެދު ބަނދަރު (ދެރަށަށް ވާގޮތަށް އޮންނަ ބަނދަރެއް) ގައި އަޅާފައި ހުންނަ ލޭބަރ ކުއާޓާއެއްގައި. އެތަނަށް މާލޭ ކޮޅުން އައި ތިން މީހަކު. މީގެ ހަފްތާއެއްވަރު ކުރިން އައީ. އެމީހުން ކަރަންޓީނުވި. އެތިން މީހެއްގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވި. އެމީހުންނާ ކޮންޓެކްޓު ވެފަ ތިބި ބަޔަކު ތިބިތޯ ޗެކް ކޮށްލިއިރު، އެމީހުން ބުނީ ކޮންޓެކްޓުވި ބަޔަކު ނޫޅޭނެ ކަމަށް" ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ މިއަދު ފައްސިވީ ހަތަރު މީހުންނަކީ، ބަލިވެގެން ޑޮކްޓަރަށް ދައްކާފައި ޓެސްޓު ހެދިއިރު ކޮވިޑަށް ފައްސިވީ ހަތަރު މީހުން ކަމަށެވެ. އެ ހަތަރު މީހުންނަކީ ބިދޭސީން ތަކެއް ކަމަށް ޝުކުރީ ވިދާޅުވިއެވެ.

"މީގަ ދެރަކަމަކީ މިއަދު ފައްސިވީ ހަތަރު މީހުންނަކީ ކަރަންޓީނުގައި ތިބި ބަޔަކަށް ނުވުން. އެމީހުން މަސައްކަތުގައާއި އެކި ތަންތަނުގައި އުޅެފައި ހުރީ. ފިހާރަތަކަށާއި ތަންތަނަށް ގޮސްފައި ހުރީމަ ރަށް މިވަނީ ބިރުވެރި ކަމަކަށް ވެއްޓިފަ" ޝުކުރީ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!