ބެސްޓް ފްރެންޑުންނާއެކު އާލިއާ ރާއްޖޭގައި

އާލިއާ ބަޓް އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ދަތުރުގައި އާލިއާ އާއެކު އޭނާގެ އެންމެ ގާތް ރަހުމަތްތެރިން އަކަންޝާ ރަންޖަން ކަޕޫރާއި، އަނުޝްކާ ރަންޖަން ކަޕޫރު ވެސް ބައިވެރިވެއެވެ.
މި މީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޗެވަލް ބްލަންކް ރިސޯޓު ގައެވެ.
އާލިއާ އަންނަނީ މި ދަތުރުގެ އެކި ކަންކަން މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަދި ރައްޓެހިންނާއެކު ރަނގަޅު ވަގުތެއް ހޭދަކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އާލިއާ ޗުއްޓީ އަށް ރާއްޖެ އަށް އައިސްފައި މި ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" ގެ ޝޫޓިންގައި ވެސް އުޅެމުން ކަން ވެސް ފާހަގަ ކޮށްލެއެވެ.
އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު ބްރަހްމަސްތްރަ ފިލްމުންނެވެ.
މީގެ ކުރިން ވެސް އާލިއާ އެތައް ފަހަރެއް މަތިން ރާއްޖެ އައިސްފައިވެއެވެ.