ޚަބަރު

ޒާރާ މޮސްޓާއަށް: ކޮންބައެއް ވޯޓްދިން މީހެއް މީ؟

އާއިޝަތު އަލީނާ ، ދެން އޮންލައިން

މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމު ކުރުމަށް ގޮވާލާ، ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަަން ލަތީފު ހުށަހަޅުއްވައިފައިވާ ޤަރާރަށް ބަހުސް ކުރައްވަމުން ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ދެއްކެވި ވާހަކަތަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާ ނުރުހުން ފާޅުކޮށްފިއެވެ.

Ads by Hajj Corporation

ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ މިއުޒިކަކީ އިންސާނާގެ ސިކުނޑި ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، ބަދަލުގައި ޒުވާނުންގެ ހާސްކަން ފިލުވާލަން ބޭނުން ނަމަ ދާންވީ މިސްކިތަށް ކަމަށެވެ. އަދި ހަސަން ލަތީފު ހުށަހެޅުއްވި ޤަރާރަކީ، ގައުމު ހަލާކުކޮށް ފަސާދަކޮށްލަން ހުށަހަޅުއްވައިފައިވާ ޤަރާރެއް ކަމަށާއި އެ ޤަރާރަކީ ޒުވާނުން މަގު ފުރައްދާ ހަލާކުކޮށްލުމަށް އުފެއްދި ޤަރާރެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާގެ އެ ވާހަކަތަކަށް ނުރުހުން ފާޅު ކުރަމުން މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ވެސް ކޮށްފައިވާ ޒާރާ ބުނެފައި ވަނީ މިޔުޒިކާ ނުލާ ދިރިއުޅޭ ބަޔަކާމެދު ހަމްދަރުދީ ވާ ކަމަށާއި މިޔުޒިކަކީ ދިރިއުޅުން ކަމަށެވެ.

މޮސްޓާގެ ވާހަކައަށް ނުރުހުން ފާޅު ކުރަމުން ޒާރާ ވަނީ މޮސްޓާ ހޮވީ ކޮންބައެެއްތޯ ވެސް ސުވާލު ކޮށްފައެވެ.

ޒާރާ ދަނީ މޮސްޓާގެ ވާހަކަތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ހަސަން ލަތީފްގެ ގަރާރަށް ތާއީދު ކުރައްވާ ވާހަކަ ދައްކަމުންނެވެ.

Ads by Allied Insurance
  1. ކިނބޫ

    ގަލޮޅު ދެކުނު “ޝޭޚު ހަސީނާ” އަކީ ކޮންޝައެއް ވޯޓު ދިން ހާމުންޑި ރަންޑިއެއް؟
    މަ ހަމަ ހީނހީނ