Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ދީން

އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ނޫން، މިނިވަންކަމެއް ވެސް ނޫން: ޝެއިޚް އަލީ ޒާހިރު

އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙައްޤެއް ނޫން، މިނިވަންކަމެއް ވެސް ނޫން: ޝެއިޚް އަލީ ޒާހިރު

އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙަައްޤެއް ނޫން ކަމަށާއި އެއީ މިނިވަން ކަމެއް ވެސް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްފުޅު ތަކަށް އިންކާރުކޮށް އެކަންކަމާމެދު ހިތަށްއެރިހާ ވާހަކައެއް ދެއްކުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކުން ބަލާއިރު ވަރަށްބޮޑު ކުށެއް ކަމަށާއި އެއީ އިންސާނީ ޙައްޤެއް ނޫން ކަމުގައެވެ. އަދި މިނިވަން ކަމެއްވެސް ނޫން ކަމުގައި ޝެއިޚް ވިދާޅުވެފައިވެއެވެ

Advertisement
Allied — Dhen Online (box)
— Ali Zahir bin Saeed (@alizahirsaeed) June 27, 2020

ޝެއިޚް އަލީ ޒާހިރު މިފަދައިން ވިދާޅުވެފައިވާއިރު، ބައެއް މީހުން ވަނީ މީސް މީޑިއާ އާއި އެހެން ޕްލެޓްފޯމް ތަކުގައި ވެސް އިސްލާމް ދީނާއި ދެކޮޅު ވާހަކަ ދައްކާ، ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ. އަދި އެއީ އެބައެއްގެ އަމިއްލަ މިނިވަންކަން ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އިން ލާދީނީ ރިޕޯޓެއް މިދިޔަ އަހަރު ނެރެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން "އުތެމަ" އޭ ކިޔުނު އަމިއްލަ ޖަމިއްޔާއަކުން ވެސް ވަނީ އެފަދަ ލާދީނީ ރިޕޯޓެއް ތައްޔާރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް