އައްޑޫ ކޮވިޑް ފެސިލިޓީގައި އެނދުމަތިކޮށްގެން 4 މީހަކަށް ފަރުވާ ދެނީ

އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި އެނދުމަތިކޮށްގެން ހަތަރުު މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.
މިއަދު ހަވީރު 18:00 ޖެހުމާއި ހަމަޔަށް އިތުރު ފަސް މީހަކު ކޮވިޑަށް ފައްސި ވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ. އެއީ ހިތަދޫން ތިން މީހަކާއި، ފޭދޫން ދެ މީހުންނެވެ.
އައްޑޫއިން މިހާތަނަށް 174 ސާމްޕަލް ވަނީ ނަގާފައެވެ. އަދި އެ ސިޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 58 އަށް އަރާފައެވެ.
މިއާއެކު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 17،507 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،142 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 58 އެވެ.