ޚަބަރު

ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖަހަން ފަށަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ބިދޭސީންތަކެއް-- ފޮޓޯ: އަވަސް

ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by MWSC

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން ފާތިމަތު ހިމްޔާ ވިދާޅުވީ، ބިދޭސީންގެ ތެރެއިން މިހާރު ރެޖިސްޓްރީ ވެވޭނީ ހަަމައެކަނި ވޯކް ޕާމިޓް އޮތް ފަރާތްތަކަށް އެކަނި ކަމަށެވެ.

ހިމްޔާ އިތުރަށް ވިދާޅުވީ ވޯކް ޕާމިޓް ނެތް ފަރާތްތައް ވެކްސިން ޖެހުމަށް ބެނިފިޝަރީ ސިސްޓަމްގައި ރަޖިސްޓްރީވާން ޖެހޭ ކަމަށެވެ.

އަދި ރެޖިސްޓްރީ ވުމަށްފަހު އެޗްޕީއޭގެ އެހީއާއެކު އެ ފަރާތްތަކަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ވެސް ހިމްޔާ ވިދާޅުވިއެވެ. ރެޑްކްރެސެންޓްގެ މާލެ ގޮފީގެ މައިގްރެންޓް ސަޕޯޓް ސެންޓަރަށް ގުޅައިގެން ރަޖިސްޓްރީވުމުން އެކަން ހަމަޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

“ރަޖިސްޓްރީ ވީމަ އެޕޮއިންޓްމަންޓެއް ލިބޭނެ ވެކްސިން ޖަހަން އަންނަން. މިހާރު އަދި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއެކު ގައިދުރުކަމާއި އަދި އެންމެން އެއްތަނަކަށް އެއްވުން ވީހާ ވެސް މަދުކުރުމަށް އެޕޮއިންޓްމަންޓް ސިސްޓަމަކަށް މި ދާން ޖެހެނީ،“ ހިމްޔާ ވިދާޅުވި އެވެ.

ރެޖިސްޓްރޭޝަން އަށް ހުޅުވާލާނީ އަންގާރަ ދުވަހުއެވެ. ރަޖިސްޓްރީވުމަށް ގުޅަން ޖެހޭނީ 9114584 ނުވަތަ 9114512 އަށެވެ.

 

Ads by HDC
  1. ސާމު

    ތި މީހުން ރާއްޖެއިން ފޮނުވާލާބަލަ، ދިވެހި އެތައް މަސައްކަތްތެރިންނަށް ތި މީހުންގެ ސަބަބުން ގެއްލުންވޭ. ސަރުކާރަށް އެމީހުން ދަށްކަންޖެހޭ އެއްވެސް ފީ އެެއް ނޯންނަތާނަގައި ބޭނުންވަރަކަށް ފައިސާވެސް ފޮނުވޭ. ރަަގަޅު ގޮތުގައި މަސައްކަތް ފަށައިގަންނަ ދިވެހިން ޖެހޭ ބިދޭސީން ގެންގުޅޭނަމަ ބަރާބަރަށް ސަރުކާރަށް ދަށްކަންޖެހޭ ފީތައްވެސް ދައްކަން،