ޚަބަރު ރައްޔިތުންގެ މަޖިލިސް

އަސްލަމް، ނަޝީދަށް: "ޓައީ އަޅާފައި ތިއްބަސް ހުތުރު ބަހުން ވާހަކަ ދައްކަން އެނގޭ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޓައި އަޅައި ރީތިވެގެން ހުންނެވި ނަމަވެސް ހަޑިހުތުރު ބަހުން ވާހަކަ ދައްކަވަން އެނގި ވަޑައިގަންނަވާނެ ކަަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) އަށް ރައްދު ދެއްވައިފިއެވެ.

Ads by STELCO

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ކުރައްވަން އުޅުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ނަޝީދު ވަނީ ފަރެސްމާތޮޑާ އެއާޕޯޓް ހަދާ ތަނުގައި ހުރި ރުއްތަކަށް މިނިސްޓަރު ހެއްދެވީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެ ރުށްތައް ވިއްކާލީތޯ އޭގެން ލިބުނު ލާރިއަށް ކިހިނެއްތޯ ހެދީ ވެސް ނަޝީދު ސުވާލު ކުރެއްވިއެވެ. ނަމަވެސް މޮސްޓާގެ ސުވާލު ނުނިމެނިސް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މޮސްޓާގެ ސުވާލު ހުއްޓުވާފައެވެ.

އޭގެ ފަހުން މިނިސްޓަރު އަސްލަމް ވަނީ ނަޝީދު ކުރެއްވީ ތުހުމަތެއް ކަމަށް ވިދާޅުވެ، އެކަމަށް ރައްދު ދިނުމުގެ ހުއްދައަކަށް ރިޔާސަތުން އެދިވަޑައިގެންފައެވެ.

އަދި އެ ފުރުސަތުގައި މަޖިލީހުގެ ތަޅުމަކީ އެތަނުގައި އެއްވެސް ވާހަކަައެއް ދައްކައިގެން އޭގެ ސަބަބުން ޤާނޫނީ އެއްވެސް ފިޔަވަޅެއް އެމީހެއްގެ މައްޗަށް އެޅޭތަނެއް ނޫން ކަން ފާހަގަ ކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ އޭނާ އާ ގުޅިގެން ދައްކާފައި ވަނީ އެއްވެސް އަސްލެއް ނެތް ވާހަކަ ކަމަށެވެ.

އަދި ރުއްތައް ވިއްކާލި ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ދުބާއީއަށް މީހަކު ފޮނުވި ވާހަކަ، ޕައިލެޓަކު ފޮނުވި ވާހަކަ. ކޮންމެފަދަ ވާހަކައެއް ވެސް އިއްޒަތްތެރި މެމްބަރާ ގުޅޭގޮތުން އަޅުގަނޑަށް ވެސް ދެއްކިދާނެ. އިއްޒަތްތެރި މެމްބަރާ ބެހޭގޮތުން މާލެތެރޭގައި އިވޭ އަޑުތައް އަޅުގަނޑަކަށް މަދެއް ނޫން. އެވާހަކަ އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މި ފްލޯގަ ދައްކާކަށް އަޅުގަނޑު ނެތިން. އެހެންވީމަ އިއްޒަތްތެރި މެމްބަރުން އެގޮތަށް އަޅުގަނޑުމެންނާ ވާހަކަ ނުދައްކަވާތި. އަޅުގަނޑުމެންނަކީ ވެސް މި މާލޭގައި ބޮޑުވެފައި ތިބި މީހުން. މާރީތިކޮށް މިހެން ޓައީ އަޅާފަ ތިއްބަސް ހުތުރުބަހުން ވެސް ވާހަކަ ދައްކަން އަޅުގަނޑަށް އެނގޭ." މެމްބަރު ނަޝީދަށް ރައްދު ދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އެއާޕޯޓްގެ ރަންވޭ އަޅާތަނުން ރުއް ގަސް ނަގާ ސާފުކުރީ ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގެ ތެރެއިން އެކަން ކާމިޔާބު ކުރި މީހުން ކަމަށާއި އެކަން ކުރި މީހުން އެމަސައްކަތުގައި ކޮށްފައިވާ ކަންކަމަކީ ކޮންޓްރެކްޓުގެ ދަށުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

Ads by HDC
  1. ޯލާހޫރޭ

    ޙަމަ ވަގެއް ތީ