ޚަބަރު

ހިޔާ މަޝްރޫއުގެ ތިން ކެޓަރީއެއްގެ ފްލެޓް ފޯމުތައް ބާތިލްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓްތަކުގެ ދަށުން ފްލެޓު ދިނުމަށް ކަނޑައެޅި ތިން ކެޓަގަރީއެއްގެ ފޯމްތައް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by MWSC

ފްލެޓް ނުދިނުމަށް ކަނޑައަޅާފައި ވަނީ އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީތަކުންނެވެ. ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ކެޓެެގަރީތަަކީ:

  • H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
  • H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
  • H15 (އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި))

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއަށް ކުރިމަތިލި ފަންސަވީސް ހާހަށްވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭ 6،720 މީހުންގެ ދާއިމީ ލިސްޓު ފްލެޓް ކޮމިޓީއިން ގެޒެޓްގައި އާންމު ކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަދަދަކީ 7،000 ކަމުގައި ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތް ނަމަވެސް ފްލެޓް ތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް މި ސަރުކާރުން ހާއްސަ ކުރުމުން އެ އަދަދު ވަނީ 6،720 އަށް ކުޑަވެފައެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓުގައި އާންމު ކޮށްފައިވާއިރު، އެ ލިސްޓުގައި ހިޔާ މަޝްރޫއުގައި ހުޅުވާލި 12 ކެޓަގަރީ އާއި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ފްލެޓް ޔަގީންވި މީހުން ވަކިން އެނގޭނެ ގޮތަށް ހިމަނާފައިވެއެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމަށްފަހު ފުލެޓް ކޮމިޓީއިން ބުނީ ދާއިމީ ލިސްޓު އިއުލާން ކޮށްފައި ވިޔަސް ފުލެޓް ދިނުމުގެ ކުރިން ހައުސިންގ މިނިސްޓްރީ އިން ބަލާނެ ކަމަށެވެ.

Ads by Ooredoo
  1. ރައުފް

    ކޮބާާތޯ މިފަރާތް ތަކުގެ ހައްގު!