ޚަބަރު

ކޮވިޑް-19: ފުވައްމުލަކުން ފައްސިވި މީހުންގެ އަދަދު 50އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުވައްމުލަކު ސިޓީ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 50 އަށް އަރައިފިއެވެ.

Ads by STELCO

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ފުވައްމުލަކުގައި މީގެކުރިން ކޮވިޑްގެ ދެ ކްލަސްޓާއެއް ފާހަގަވި ނަމަވެސް އިތުރު ކްލަސްޓާއެއް މިހާރު ފެނިފައިވާ ކަމަށެވެ.

އަދި އެ ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި 959 މީހުން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު ފުވައްމުލަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 50 އަށް އަރާފައިވާ ކަމަށެވެ.

ކޮވިޑްގެ ކޭސްއެއް ފެނުމާ ގުޅިގެން ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންގޮސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 139 މީހުންނާއި، އަތޮޅުތެރެއިން 4 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 17 މީހަކާ ކަނޑު އުޅަނދުފަހަރުތަކުން އެކަކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،930 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 16،351 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 60 މީހުން ވަނީ ނިޔާވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!