ވިޔަފާރި

ވެކްސިން ޖަހާ މީހުންނަށް ޕިއްޒާއެއް ހިލޭ ލިބުމުގެ ފުރުސަތު ޕިއްޒާ ބޭ އިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާ މީހުންނަށް ހިލޭ ޕިއްޒާއެއް ލިބޭ ޕްރޮމޯޝަންއެއް ޕިއްޒާ ބޭ އިން ފަށައިފިއެވެ.

Ads by MWSC

މާލޭގައި ޕިއްޒާ ވިއްކުމުގެ ހިދުމަތް ކުރަމުން އަންނަ ޕިއްޒާ ބޭ އެމްވީން ބުނީ ވެކްސިން ޖަހާފައި ތިބޭ ފަރާތްތަށް އޯޑަރު ކުރާ ކޮންމެ ޕިއްޒާއަކަށް އިތުރު އެއް ޕިއްޒާ ހިލޭ ލިބިގެންދާނެ ކަމަށެވެ. ޕިއްޒާ ބޭ އިން ޕިއްޒާ އޯޑަރު ކުރުމަށް ގުޅަން ޖެހޭނީ 9807700 އަށެވެ.

ޕިއްޒާ ބޭ އިން ހިލޭ ޕިއްޒާއެއް ދޭން ނިންމާފައިވާއިރު، މާލޭގެ ބައެއް ރެސްޓޯރެންޓުތަކުން ވަނީ ވެކްސިން ޖަހާ ފަރާތްތަކަށް ޑިސްކައުންޓެއް ވެސް ދޭން ފަށާފައެވެ.

އެގޮތުން ސީހައުސް މޯލްޑިވްސް އަދި ޕިއްޒާ ބޯނާ އިން ވަނީ ބިލް ދައްކާ ވަގުތު ވެކްސިން ކާޑު ދެއްކުމުން ޑިސްކައުންޓް ލިބޭނެ ކަން ހާމަކޮށްފައެވެ.

ސީހައުސް އިން ކުރި ޓްވީޓުގައި ބުނީ ބުރާސްފަތި ދުވަސް ނޫން ކޮންމެ ދުވަހަކު ވެސް، ވެކްސިން ކާޑު ހިފައިގެން ދާ ފަރާތްތަކަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

އެކި ވައްތަރުގެ ޕިއްޒާ ވިއްކުމުގައި ނަން މަޝްހޫރު ޕިއްޒާ ބޯނާ އިން ކުރި ޓްވީޓުގައި ބުނީ އެ ރެސްޓޯރެންޓުގެ ހުރިހާ އައުޓްލެޓަކުން ވެސް ޓޭކްއަވޭއަށް ނަންގަވާ ޕިއްޒާތަކުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މިއީ ރާއްޖޭގައި ވެކްސިން ޖަހާ ފަރާތްތަކަށް ހާއްސަކޮށް މިފަދަ ކަމެއް ފެށި ފުރަތަމަ ދެ ރެސްޓޯރެންޓެވެ. މީގެ އިތުރުން ވެސް ސޯލްޓް ކެފޭ އިން ވެސް ވަނީ ޓޭކްއަވޭ އަދި ޑެލިވެރީން 10 އިންސައްތަ ޑިސްކައުންޓް ދޭން ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!