ރިޕޯޓް

އިއްޔެ ރަހުމަތްތެރިންނާއެކު ހީ ސަކަރާތް ޖެހުމުގައި، މިއަދު އެ ރަހުމަތްތެރިން ރޮއްވާލައިފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. ދިމާވި އެކްސިޑެންޓެއްގައި އޭނާ ހާލު ސީރިއަސްވެ އުއްމީދު ކަނޑާލިއެވެ. އެހެންނަމަވެސް މާތްالله ގެ ހެޔޮ ރަޙުމަތްފުޅުން އޭނާ ސަލާމަތްވީ އޭޑީކޭ ހޮސްޕިޓަލުގެ ހީވާގި ޑޮކްޓަރުންގެ ބުރަ މަސައްކަތުންނެވެ. އެހެންނަމަވެސް މިއަދު އޭނާ ކޮބައި ހެއްޔެވެ؟

Ads by MWSC

ޏ ފުވައްމުލަކުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކު މިދުނިޔެއިން ވަކިވެގެން ދިޔައިރު އެކަކީ އުމުރުން 24 އަހަރުގެ އަޙްމަދު މުތީއު ޢަބްދުލްހަކީމް އެވެ. އާއިލާއަށް ލިބުނު ކުއްލި ސިހުމެކެވެ. ރައްޓެހިންނަށް ގަބޫލު ކުރަން ދަތިވި ޚަބަރެކެވެ. މުޅި ރަށް ހިތާމައިން ފުރާލި ހިތާމަވެރި ކުއްލި ޚަބަރެކެވެ. އިއްޔެ ރައްޓެހިންނާއެކު ހީސަމާސާ ކޮށް އުޅުނު މުތީއުމިއަދު އެ އެންމެނާ ދާއިމަށް އަލްވަދާއު ކިޔައިފިއެވެ. އިއްޔެ އާއިލާއާއެކު ވަގުތުތައް ހޭދަކުރި މުތީއު، އެ އެންމެންގެ ލޯ ކަރުނުން ފުރާލުމަށް ފަހު ވަކިވެ ދިޔައީއެވެ.

މުޅި ފޭސްބުކުގައި މުތީއުއަށް ތައުޒިޔާގެ މެސެޖުތައް އޮހެނީއެވެ. އެހެނަށް އެމަންޒަރުތައް ބަލަން މިއަދު މުތީއުއެއް ނެތެވެ. މައެއްގެ ހިތު ވިންދެވެ. ބަފައެއްގެ ލޮލުގެ ނޫރެއް ފަދައެވެ. ކާރު އެކްސިޑެންޓުވެ ހަލާކުވެގެން ދިޔަ ވަގުތު އޭނާ ވެސް ގެއްލިގެން ދިޔައީއެވެ. އެވަގުތު އޭނާ ގައިގައި އަޅާނެ ވޭނާއި ކެކުޅުން އަހަރެމެން އެކަކަށް ވެސް ނުވިސްނޭނެކަން ގައިމެވެ. މީސްމީޑިއާގެ އެކި މަންސަ ތަކުން ފެންނަމުންދާ މަންޒަރުތަކުން ހިތް ފަޅައިގެން ދާވަރުވެއެވެ.

ވަކިވެދިޔުމުގެ ހިތާމައިގައި މިއަދު އެތައް ބަޔަކު އެދަނީ ކަރުނަ އަޅާ ރޮމުންނެވެ. އެތައް އާއިލާއެއް އެދަނީ ހިތާމައިގެ ކަނޑުގައި ފަތަމުންނެވެ. އެތައް ބަޔަކު ނިދުމުން މަޙުރޫމުވެ އެދަނީ ނަފްސާނީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ.

އެހެން ނަމަވެސް މިއަދު އޭނާ އަހަރެމެންގެ ލޯ ކުރިމައްޗަކު ފެންނާކަށް ނެތެވެ. ދާއިމީ ވަދާޢަކުން އޭނާ ވަނީ އަހަރެމެން އެންމެންނާ އަލްވަދާޢު ކިޔާފައެވެ. އިއްޔެ އެކުގައި ސަކަރާތް ޖަހަން އުޅުނު ރަހުމަތްތެރިންގެ ދެލޯ ކަރުނުން ފުރާލައިފައެވެ. ރޭ 10:00ގައި މުތީޢު ވަޅުލެވިފައިވީ ނަމަވެސް ރަހުމަތްތެރިންގެ ހިތުގައި އޭނާގެ ހަނދާންތައް އަދިވެސް ހުރީ ތާޒާ ކަންމަތީގައެވެ.

އެ ހަނދާންތައް މިއަދު އައު ވިޔަސް ކުރާނެ ކަމެއް ނެތެވެ. ގެއްލިއްޖެ ފުރާނައެއް އަނބުރާ ނުލިބޭނެ ކަން ގައިމެވެ. ދެން އޮތީ އެ މަރުހޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތަށް ދުޢާ ދެންނެވުމެވެ. އަދި ކެތްތެރިވުމެވެ. މިކަމުން ޢިބުރަތް ހާސިލުކޮށް ފިލާވަޅެއް އުނގެނުމެވެ. ބާރަށް ދުއްވުމަކީކޫލްކަމެއް ކަމަށް ދެކޭ މީހުން މިއަދު އަޅުގަނޑުމެން މުޖުތަމައުގައި ވަރަށް ވެސް ގިނައެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. ދުވެލި މަޑުކޮށް ފުރާނަ ސަލާމަތް ކުރާށެވެ. ތިބާގެ އާއިލާއެއް ވާކަން ތިބާ ދަންނާށެވެ. ތިބާ ނެތް ދުވަހުން އެމީހުން ކުރާނެ ހިތާމަ ނިކަން ހިތަށް ތަސައްވަރު ކޮށްލަބަލާށެވެ.

މާތް އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މި ހިތްދަތި ވަގުތެއްގައި ޢާއިލާއަށްކެތްތެރިކަން ދެއްވާށިއެވެ. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance
  1. ނާނަ

    ދުއްވޭލެއްބާރުކަމުގެނަތީޖާކަމައްބެލެވެނީ މުޅިމަގުލިބުނީމަ