ޚަބަރު

ޒައިދު އާޒިމަށް: އާޒިމްގެ އަޚްލާގީ ފެންވަރުގެ ވާހަކަ ދައްކާކަށް ނެތިން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފު ހައްޔަރު ކުރުމަށާއި އެހެން ނޫންނަމަ އޭނާ އަންހެން ކުދިން މަރަން ގޮވާފާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަލީ އާޒިމް ދެއްކެވި ވާހަކަތަކަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ރައްދު ދެއްވައިފިއެވެ.

Ads by MWSC

ޑރ. ޢިޔާޟް ކުރެއްވި ޓްވީޓެއް އިއްޔެ ރީޓްވީޓް ކުރައްވަމުން އާޒިމް ވިދާޅުވީ ދިވެހި މުޖުތަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތް ކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރި ކުރަން ގޮވާލާ ކަމަށާއި ޑރ.އިޔާޟް ދޫކޮށްފައި ބަހައްޓައިފި ނަމަ އަންހެން ދަރިން މަރަން ވެސް ގޮވާލާފާނެ ކަމަށެވެ.

އާޒިމްގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ޝެއިޚް ޒައިދު ވިދާޅުވީ ޑރ. ޢިޔާޟް އަށް މުނާފިޤަކަށް ގޮވާލެއްވި އެމްޕީ ގެ އަޚްލާޤީ ފެންވަރު ދައްކާކަށް ނެތިން ކަމަށެވެ

"ނަމަވެސް ދަންނަވާލަން ބޭނުންވަނީ، ޑރ. ޢިޔާޟް އަކީ ރާއްޖޭގައި އިސްލާމީ ނޫރު ފެތުރެއްވުމަށް 24/7 މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކޭ" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

މީސް މީޑިއާގައި ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅިގެން ކަމަށް ބުނެ ޤައުމީ ޔުނިވާސިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޑރ. ޢިޔާޟް ސަސްޕެންޑު ކޮށްފައެވެ.

  1. ދިވެހިލޭ

    ޢަލީ އާޒިމް އަކީ މިޤައުމުގެ ދީނީ ވަޙުދަތަށް ހުރި ނުރައްކަލެށް!

  2. ލައިބުރަރީ

    ރަގަޅުވާނީޝާޠިރުފަ ލަވަޖަހާ އޮފީސްތެރޭ ހޭބޯނާރާ
    ނެށުމާއި ވާނުވާނެއިގޭމީހުން