މާލޭގެ ކާފިއު އިއުލާނު ކޮށްފައިވާ މުއްދަތު ހަތް ދުވަހަށް އިތުރުކޮށްފި

މާލެ ސަރަޙައްދު (މާލެ/ވިލިމާލެ/ހުޅުމާލެ) ގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އަދަދު ކޮންޓްރޯލު ކުރުމުގެ ގޮތުން މިދިޔަ މަހުގެ 4 ވަނަ ދުވަހު އެޅި ފިޔަވަޅުތައް، ހަތް ދުވަހަށް އިތުރު ކުރަން ނިންމައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ މީގެ ކުޑައިރުކޮޅެއް ކުރިން ނެރުއްވި އެންގުމުގައި ބުނެފައި ވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެޅި ފިޔަވަޅުތައް މާދަމާއިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.
ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
ތަމީގެ އިތުރުން ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން ހަމަޖައްސާފައިވާއިރު ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ. ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފައެވެ.
މިޔޮތިވަކަމެ މިގައުމަޖެހިފަ
ތިޔަވާނީ ކޮންމެވެސް ނުބައި ކަމެއް ފަހަތުގައި އޮވެގެން.