ޚަބަރު

އަސްތައް ބަލާލަން ވަދެވޭނީ 20 ރުފިޔާ ދީފައި، ދުއްވަން އަދި ފުރުސަތެއް ނެތް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އައްޑޫއަށް ގެންގޮސްފައިވާ އަސްތައް ބަލާލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އަސްތައް ބަލާލާ، ފޮޓޯ ނެގޭނީ 20 ރުފިޔާ ދީފައި ކަމަށް، އަސްތައް އައްޑޫއަށް ގެންދިޔަ ސަދަން ސްޓެލިއަންސް ބުނެފިއެވެ.

Ads by Hajj Corporation

ސަދަން ސްޓެލިއަންސް އިން ކުުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން އަސްތަކާއެކު ފޮޓޯ ނަގާލާ، އަސްތައް ބަލާލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް އަދި އަސްތައް ދުއްވުމުގެ ފުރުސަތު ހުޅުވާ ނުލާ ކަމަށާއި، އަސްތައް މާހައުލަށް ހޭނެން އަދި ދުވަސްކޮޅެއް ބޭނުންވާ ކަމަށެވެ. އަދި އެއަށްފަހު އަސް ދުއްވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެސް އެފަރާތުން ހާމަ ކުރެއެވެ.

އަސްތައް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އާއި ހަވީރު 16:00 އާއި 18:00 އާ ދެމެދު ގައެވެ.

ރާއްޖެއަށް އަސްތައް ގެންގޮސްފައި ވަނީ މިމަހު 6 ވަނަ ދުވަހުއެވެ. މިއާއެކު މިއީ ޖަނަވާރަށް ކުރާ އަނިޔާއެއް ކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އައްޑޫއަށް އަސް ގެންގޮސްފައި މިވަނީ އެއަށް ބޭނުންވާ ވެޓްގެ ހިދުމަތާއި ކާނާ އާއި ބޭހުގެ ކަންކަން ވެސް ހަމަޖައްސާފައިވާ ކަމަށް އައްޑޫއަށް އަސްތައް ގެނައި ކުންފުނިން ހާމަ ކުރެއެވެ.

Ads by Allied Insurance
  1. ްއަވަ

    އަމިއްލަ އަސްތަކުގެ ތިބެގެން ފަސްގަޑު ބަލާލުން