ދުނިޔެ

ޤައުމީ ސަލާމަތަށް ކަމަށް ބުނެ ލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށް، 1،000 އިސްލާމީ ސްކޫލް ބަންދުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވައްޓެރި ޝްރީ ލަންކާގައި ޤައުމީ ސަލާމަތަށް ކަމަށް ބުނެ، އިސްލާމީ ތަޢުލީމުދޭ 1،000 ސްކޫލު ބަންދުކޮށް، މޫނު ބުރުގާ އެޅުން ވެސް މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސެކެރަ ހާމަ ކޮށްފައިވާ ގޮތުގައި ލަންކާގައި އެ ފިޔަވަޅު އެޅުމަށް ކެބިނެޓް ޕޭޕަރުގައި ސޮއިކޮށް މިހާރު ވަނީ ހުށަހަޅާފައެވެ.

މިނިސްޓަރު ސަރަތު ބުނީ މިއީ ލަންކާގެ ޤައުމީ ސަލާމަތަށްޓަކައި އެޅި ފިޔަވަޅެއް ކަމަށާއި މިއީ ވަރަށް ކުރިން ވެސް އަޅަން ޖެހޭ ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށެވެ.

"އަހަރުމެން ކުޑައިރު، މުސްލިމު އަންހެނުން މޫނު ބުރުގާއެއް ނާޅާ. މިއީ ދީނީ ހަރުކަށި ފިކުރުން އައިސްފައިވާ ކަމެއް، އެހެންވީމަ މިކަން މަނާ ކުރާނަން" ސަރަތު ބުނެފައިވެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް ލަންކާގައި މޫނު ބުރުގާ އެޅުން ވަގުތީ ގޮތުން މަނާ ކުރިއެވެ. އެއީ އައިއެސް ޖަމާއަތުން އެޤައުމުގެ ޗާޗުތަކަކަށް ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން ނިންމި ނިންމުމެކެވެ. ނަމަވެސް ފަހުން އެނިންމުން އުވާލާ، މުސްލިމުން މޫނު ބުރުގާ އެޅުމުގެ ހުއްދަ އެއަހަރު ތެރޭގައި ވަނީ އަލުން ދީފައެވެ.

ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހީން ވެސް ދިރިއުޅެމުންދާ އަދި ޒިޔާރަތް ކުރަމުންދާ ޤައުމެކެވެ. އެހެންކަމުން ލަންކާގެ މި ނިންމުމުގެ ސަބަބުން ދިވެހީންނަށް ވެސް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

މިފަހަކަށް އައިސް ލަންކާއިން ދަނީ މުސްލިމުންނަށް އެކިކަހަލަ ދުއްތުރާތައް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެޤައުމުން ވަނީ ކޮވިޑް-19 އަށް ފައްސިވެގެން ނިޔާވި އެތައް މުސްލިމުންނެއް އަންދާލާފައެވެ. އެކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ ނުރުހުން އަމާޒުވުމުން، ފަހުން އެޤައުމުން ވަނީ އެބަލީގައި ނިޔާވާ މުސްލިމުން ވަޅުލުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.

Ads by HDC
  1. ބަސްމަދު

    ރާއްޖޭގައިވެސް ހަރުކަށި ވިސްނުން ފެތުރުނަ ނުދިނުމަށް މިކަމަކީ ހަމަ ރަނގަޅު ކަމެއް. ދިވެހިރާްއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމީ ރީތި އުސޫލުތައް ބޮލާލާ ޖެހުމަށް ޙައްޤުބަސް ކަމަށް ބުނެ މާބޮޑެތި ދަންނަ ބޭލކަލުންތަކެއް ކަމަށް ދައުވާ ކުރާ ބަޔަކު ކުރާކަމަކީ ފިތުނަ އުފެއްދުން . ބައިބައިވުން އުފެއްދުން . އިސްޅާމް ދީނަކީ ދިވެހި ބިމުން ބީވެދާނެ ދީނެއް ނޫން. އެކަމަކު މިހާރު ފަތުރާ ކަންތައްތަކުން ކަންތައްދަނީ ގޯސްވަމުން.