ލުއި ޚަބަރު

ފެންވަރަން ހުންނަ އިރު ލޯމަރަން ބިރުގަންނަނީ ކޮންބައެއް؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ތަނެއްގައި އެކަނި ހުންނައިރު ލޯ މަރައިގެން ވަގުތު ކޮޅެއް ހޭދަ ކުރުމަކީ ގިނަ ބައެއްގެ ހިތުގައި އެކި ކަހަލަ ބިރުވެރި ޚިޔާލުތައް އުފެދޭނެ ވަގުތެކެވެ. އެގޮތުން ފެންވަރާއިރު މޫނުގައި ސައިބޯނި ލާ ވަގުތު ލޯ މަރަން ޖެހިލުންވާ އެތައް ބައެއް އުޅެއެވެ.

Ads by STELCO

ފާޚާނާއަކީ ޖިންނި ޝައިތޯނުން އެންމެ ގިނައިން ސަވާރުވެގެން ތިބޭ އެއް ތަނެވެ. ފަހަރުގައި އެފަދަ ގޮތަކަށް މައުލޫމާތު ލިބިފައި ވުމުގެ ސަބަބުން ލޯމަރަން ޖެހިލުން ވަނީ ކަމުގައި ވެދާނެއެވެ. އެހެން ނަމަވެސް ގަބޫލު ކުރަންވީ ކަމަކީ ޖިންނި ޝައިތޯނުން ކޮންމެ ތަނެއްގައި ވެސް އުޅޭނެ ކަމެވެ.

އެއީ ތިމާ ނިދާ ކޮޓަރީގައި ވިޔަސް، ތިމާ މަސައްކަތް ކުރާ އޮފީހުގައި ވިޔަސް އަދި ބޭރު މަގުމަތީގައި ވިޔަސް މެއެވެ. އެސޮރުމެން އަހަރެމެން އިންސާނުންނަށް ގޯނާއެއް ކުރަނީ އަހަރެމެންގެ ފަރާތުން ކޮންމެވެސް ޒާތަކަށް އެސޮރުމެންނަށް އުނދަގުލެއް ކުރެވުމުންނެވެ.

ހަމައެއާއެކު، ފާހާނާގައި އެކަނި ހޭދަކުރާ ވަގުތު ލޯމެރުމުން ހިތަށް އެކި ކަންކަން ސިފަވުމުގެ ސަބަބުން ވެސް ލޯމަރަން ޖެހިލުން ވާނެއެވެ. އެހެންނަމަވެސް އާޚިރުގައި ފާޚާނާއިން ނިކުންނަ އިރު، ދެން ވަރަށް ހަމަޖެހޭނެއެވެ. ފާޚާނާ ނޫން އެހެން ތަނެއްގައި ޖިންނި ޝައިތޯނުން ނޫޅެޔޭ ހީވަނީ ބާވައެވެ.

މިއީ ވަރަށް ގިނަ ބަޔަކަށް ކުރިމަތި ވަމުން އަންނަ ކަމެކެވެ. ބިރުގަންނަނީ މީހާ ވިސްނާ ގޮތާއި ވިސްނާ ކަންކަމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ފާހާނާގައި ވިޔަސް އަދި ކޮންމެ އެހެން ތަނެއްގައި ވިޔަސް ޖިންނި ޝައިތޯނުންނަކީ އުޅޭ ބައެކެވެ. އެއީ އަހަރެމެން އިންސާނުން ފަދައިން މި ދުނިޔޭގައި ލައްވާފައިވާ މަޚުލޫގެކެވެ.

Ads by Allied Insurance
  1. ނާޝިޒު

    އަހަރެން ހީކުރީ އަހަންނަށްއެކަނި ވާގޮތެއް ކަމައް