ދުނިޔެ

ކޮވިޑް-19 ފެތުރެން ފެށީ ޗައިނާގެ ލެބޯޓަރީ އަކުންކަން ހާމަ ކުރަން އިތުރު ތަހުލީލު ހަދަން ޖެހޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔެ ތަޙައްމަލު ކުރަމުން މި ގެންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ލެބޯޓްރީ އަކުންކަން ހާމަ ކުރަން އަދި އިތުރަށް މަސައްކަތްކޮށް، އިތުރު ތަހުލީލުތަކެއް ވެސް ހަދަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވިދާޅުވެއްޖެއެވެ.

Ads by WAMCO

ޑަބްލިޔުއެޗްއޯގެ އިސްވެރިޔާ ޓެޑްރޯސް އަދަނޯމް މިއަދު ވިދާޅުވީ ކޮވިޑް ފެތުރެން ދިމާވި ސަބަބަކީ ޗައިނާ ގެ ލެބޯޓަރީއަކުން އެ ވައިރަސް ލީކްވުން ކަމުގައި ޤަބޫލު ކުރެވުނު ކަމުގައި ވިޔަސް، އެކަން އެއްކޮށް ކަށަވަރު ކުރުމަށް އިތުރު ތަހުލީލުތައް ހަދަން ޖެހޭ ކަމަށެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވުހާނުންނެވެ، ނަމަވެސް މި ވައިރަސް ލީކުވީ   ޗައިނާގެ ލެބަކުން ކަމަށް ދެކެވޭ ވާހަކަތައް އެ ޤައުމުން ދޮގު ކުރެއެވެ.

ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ދުނިޔެއަށް އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަހުން ފެށިގެން މިހާތަނަށް މި ބަލި ޖެހިގެން 2.7 މިލިއަނަށް ވުރެ ގިނަ މީހުން މުޅި ދުނިޔެއިން މަރުވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ވައިރަސް ފެތުރިގެން އައި ގޮތް ދިރާސާ ކުރުމަށް ބައިނަލްއަގުވާމީ ތަހުގީގު ޓީމެއް ވަނީ ޗައިނާގެ ވުހާނަށް މި އަހަރުގެ ޖެނުއަރީގައި ދަތުރު ކޮށްފައެވެ. އެ ޓީމުން ކުރި ދިރާސާތައް ބިނާ ކުރީ ޗައިނާ ސަރުކާރުން ހިއްސާކުރި ހެކިތަކުގެ މައްޗަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ޓެޑްރޯސް ވިދާޅުވީ، އިތުރު ހެކި ހޯދުމުގައި އެ ޓީމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށާއި އެހެން ނަމަވެސް ޗައިނާއިން ހިއްސާކުރި ހެކީގެ އިތުރުން ވެސް ހެކި ބޭނުންވާ ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ގިނަ ދުވަސް ވެސް ނަގައިފާނެ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

Ads by HDC
  1. ފުޅު

    އެމްޑީޕީގޭ ތިބޭ ނުކިޔަވާ ސަންގޯރުތުން ހޮސްޕިޓާތަކަށް ލީމާ ރަށެއް ލޮކްޑައުނަށް ލުމަކީ ކިހޭވަރެއްގެ ކަމެއް ކަމެއް ނޭގި ހަމަ މަޖަލަކަށް ކޮށްލާ ކަންތައްބަލޭބަލޭ. ނޭފަރު މީހުން ޙާލުގޭ ޖައްސޭފި ލަދެއް ޙަޔާތެއް ނެތި ސިޔާސީ ކުޅި އެ ކުޅެނީ