ޚަބަރު

ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަރަށް މަތީގައި

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އަށް ރާއްޖެއިން މިއަދު އިތުރު 241 މީހުން ފައްސިވެ 131 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 73 މީހުންނާއި، އަތޮޅުތަކުން 74 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 15 މީހަކާއި، އިންޑަސްޓްރިއަލް ރަށަކުން 79 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޖުމްލަ 24،079 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 21،115 މީހުންނެވެ. އަދި މިހާތަނަށް މި ބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުން މިހާރު ދަނީ 99 މީހުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅައިފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލް ކޮށްފައެވެ. އަދި ޕާކުތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައިފައެވެ. އެހެން ނަމަވެސް، ރޭގަނޑު 11:00އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި ބޭރުގައި އުޅުން އަދިވެސް މަނަލެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!