ރިޕޯޓް

ރޯދައަށް ބޯޓުތައް ރަށްރަށަށް، މާލޭ ފަޅު ތެރެއިން “ފަޅުކަން”

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނޯތު ހާބަރު ކައިރިން ރައްޓެއްސަކާއެކު ދުއްވާފައި ދިޔަ އިރު ފެނުނީ ތަފާތު މަންޒަރެކެވެ. އަބަދުވެސް ބޯޓުތަކުން ފުރިފައި އޮންނަ މާލޭ ނޯތު ހާބަރު ފަޅުތެރެ ފަޅުވެފައިވާ މަންޒަރެވެ. މީގެ ދެދުވަހެއް ކުރިން ބޯޓުތަކުން ފުރިފައި އޮތް ފަޅުތެރެ ”ފަޅުވެފައި”ވާ މަންޒަރު ފެނުމުން އެތަނަށް މަޑުކޮށް ފޯނުން ފޮޓޯއެއް ނެގީމެވެ.

Ads by Hajj Corporation

ރޯދައަށް މުދާ ބަރުކޮށްގެން ރަށްރަށަށް ބޯޓުތައް ފުރައިގެން ދިޔައީ ކަމަށް އެތާހުރި މީހަކު ބުންޏެވެ. އަދި މީގެ ދެދުވަހެއް ފަހުން މުޅި ފަޅުތެރެ މުޅިން ހުސްވާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

މެންދުރު ވަގުތު ކަމުން އެހިސާބުގައި މީހުން އެހާ ގިނައިން ނޫޅުނު ކަމުގައި ވިޔަސް ދަތުރުވެރިންގެ މާރުކޭޓު ތެރޭގައި ކޮންމެވެސް ވަރަކަށް މީހުން އުޅޭތަން ފެނެއެވެ. ރޯދައަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ކަމުގައި ބެލެވެއެވެ.

ރޯދައަށް މާލޭގެ ފަޅުތެރެ ހުސްވުމަކީ އާންމުކޮށް ވެސް ވާ ކަމެކެވެ. ރޯދައަށް މުދާ ބަރުކުރުމަށް މާލެ އައިސް ބޯޓުތައް ފުރައިގެން ދާނީ މުޅި ރޯދައަށް މުދާ އަރުވައިގެންނެވެ. ސަބަބަކީ ދެން ބޯޓުތައް މާލެ އަންނާނީ އެއް ދިހަ ހިފައިގެން ކަމަށް ވާތީއެވެ.

ރަމަޟާން މަހަށް ރަށްރަށަށް ކޮންމެ އަހަރަކު ވެސް ކޭސްކޭހުން، ޑަޒަންޑަޒަނުން މުދާ ގެންދެއެވެ. ތަރުކާރީ އާއި މޭވާގެ އިތުރުން ކާޑުގެ ބާވަތްތަކަށް ވެސް ބާރު ބޮޑުވެއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރޯދަ މަހަކީ ކެއުމުގެ މައްސަރެއް ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ތަފާތު އެކި ބާވަތްތަކުގެ ަކާ އެއްޗެހި ގޭގައި ތައްޔާރު ކުރާއިރު ގިނަ ފަހަަރަށް އިސްރާފު ކުރާ ވަރު ވަރަށް ވެސް ބޮޑެވެ.

މި ރަމަޟާން މަހަކީ އަޅުގަނޑުމެން އެންމެން ވެސް އަޅުކަމުގައި މަޝްއޫލްވެ އުޅޭ މައްސަރަަކަށް ހަދަމާ ހިނގާށެވެ. ކާމިޔާބު ވާނީ އޭރުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!