ޚަބަރު

ރަމަޟާންމަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ ޓްރީޓޮޕްގައި އެކަނި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އިން ދިފާޢުވުމަށް މިއަހަރުގެ ރަމަޟާންމަހު ވެކްސިން ޖެހޭނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުން ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

Ads by STELCO

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ރަމަޟާންމަހު ހުރިހާ ވެކްސިނެއް ވެސް ޖަހައިދޭނީ ހަމައެކަނި ރޭގަނޑު 9:00 އިން 11:00ގައި ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:

▪︎ ސޯޝަލް ސެންޓަރ
▪︎ ނޭޝަނަލް އާޓް ގެލެރީ
▪︎ ރައްޔިތުންގެ މަޖިލިސް
▪︎ ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލެ ފްލޫ ކްލިނިކް)
▪︎ ވިލިމާލެ ޒުވާނުންގެ މަރުކަޒު
▪︎ ސެނަހިޔާ

ސިނޮފާމް ވެކްސިން ޖަހައިދޭ ސެންޓަރު:

▪︎ ޓްރީޓޮޕް ހޮސްޕިޓަލު

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާތަނަށް 271،453 މީހުން ވެކްސިން ޖަހައިފައި ވެއެވެ. މީގެ ތެރެއިން 19،008 މީހުން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޖަހަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްއާއި، ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒްއާއި ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ޖަހައިދޭ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!