ޚަބަރު

ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 25،000 އިން މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް 25000އަށް ވުރެ ގިނަ މީހުން ފުރިހަމަ ކޮށްފިއެވެ. އިއްޔެ މާލޭގައި ވަނީ ރިކޯޑް އަދަދަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

Ads by STELCO

އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 6361 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 5225 އަދި އަތޮޅުތެރެއިން 1136 މީހުންނެވެ. މިއާ އެކު ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 25،369 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ މާލެ ސަރަހައްދުން 412 މީހުންނާއި އަތޮޅުތަކުން 1795 މީހުންނެވެ. މިއާ އެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 273660އަށް އަރާފައެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށާފައި ވަނީ މިމަހު ތިން ވަނަ ދުވަހު އެވެ. ވެކްސިން ޖެހުމަށް މާލޭ ސަރަޙައްދުގައި ވަނީ ނުވަ ސެންޓަރެއް ގާއިމު ކޮށްފައެވެ. ރާއްޖޭގައި ކޮވިޑް 19އާ ދެކޮޅަށް މިހާރު ކޮވިޝީލްޑްގެ އިތުރުން ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިން ވެސް ބޭނުންކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!