12 މަސް ފަހުން އަނެއްކާ ވެސް އިތުރު ޑޯޒެއް ޖަހަން ޖެހިދާނެ
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ކޮންމެ އަހަރަކު ޖަހަން ޖެހިދާނެ ކަމަށް އެމެރިކާގެ ފައިޒާ ކުންފުނީގެ ސީއީއޯ، އަލްބާޓް ބޫލާ ބުނެފިއެވެ.
އޭނާ ވިދާޅުވީ ވެކްސިން ޖަހާތާ 6 މަހާއި 12 މަހުގެ ތެރޭގައި ތިންވަނަ ޑޯޒްއެއް ޖަހަން ޖެހިދާނެ ކަމަށެވެ. އެހެން ނަމަވެސް މިކަން ޔަގީންކުރަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު ޖަހަަމުންދާ ފައިޒާ ވެކްސިން 91.3% ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަމަށް ރިޕޯޓުތަކުން ދައްކައެވެ. އެހެން ނަމަވެސް ވެކްސިން ޖަހާތާ 6 މަސް ދުވަސް ފަހުން ތިންވަނަ ޑޯޒެއް ޖަހަން ޖެހޭކަން ބަލަން ޖެހޭ ކަމަށް ފައިޒާ ވެކްސިން އުފައްދާ ކުންފުނިން ބުނެއެވެ.
މިކަމާ ގުޅިގެން އަލްބާޓް ބޫލާ ބުނީ ފައިޒާގެ ވެކްސިނަކީ އޭގެ ސަބަބުން ކޮވިޑް-19ގެ އާ ވޭރިއެންޓްތަކުން ވެސް ރައްކާތެރިކޮށްދޭހައި ޤާބިލުކަން ހުރި ވެކްސިނެއް ކަމަށެވެ.
ވެކްސިނާ ގުޅޭގޮތުން ކޮވިޑް ރެސްޕޮންސް ޗީފް ސައިންސް އޮފިސަރު ޑޭވިޑް ކެސްލާ ބުނީ ވެކްސިން އަލުން 1 އަހަރު ދުވަސް ފަހުން ޖަހަން ޖެހޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ދަންނަވަން ނޭނގޭ ކަމަށެެވެ.
“މިހާރު ވެކްސިން އަލުން ޖެހުމާ ގުޅޭގޮތުން ދިރާސާތައް އެބަ ކުރެވޭ. އެހެންވީމަ ދަންނަވަން ދަތި މިކަމާ ގުޅޭގޮތުން މާ ބޮޑު އެއްޗެއް. މިހާރު މި ޖަހާ ވެކްސިންތައް ކޮވިޑް-19 އިން ރައްކާތެރި ވާނެ. އެކަމަކު 6 މަސް ދުވަސް ފަހުން ނޫނީ 1 އަހަރު ދުވަސް ފަހުން ޖަހަން ޖެހޭނެ ކަމަކަށް އަދި ނުބުނެވޭނެ” ޑޭވިޑް ވިދާޅުވިއެވެ.
ތިން ވަނަ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށް ބޫލާ ބުނެފައިވާއިރު، ގިނަ ގައުމުތަކުގައި މިހާރު ދަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ. ދެވަނަ ޑޯޒާ އެކު ބަލި ފެތުރޭ މިންވަރު ދަށް ކަމަށް ބައެއް ގައުމުތަކުން ބުނެއެވެ.
ޖީލެއ ދުވސްދުއްވަަލެވެންދެން ތިވިޔަފާރިގަނޑު ހިންގާނެ. މިގަުމުގ ތިބިބޮޑުނގެ ޖީބުފުރާ ރައްޔިތުންގެދުވަސް ދުއްވާލަނީ