ދުނިޔެ

އަދަދުތައް ބޮއްސުންލާ، އިންޑިއާގައި 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދޭން ނިންމައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި އިތުރުވަމުން ދާތީ، ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މި އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޤައުމުގެ 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދޭން ނިންމައިފިއެވެ.

Ads by WAMCO

18 އަހަރުން މަތީގެ އެންމެނަށް ވެކްސިންދޭން އިންޑިއާއިން ނިންމި ނަމަވެސް މިހާރު ވެކްސިން ދެމުން އަންނަ އުމުރުފުރައިގެ މީހުންނަށް ޖަހާނެ ވެކްސިން ވެސް މިވަގުތު ނެތް ކަމަށް ގިނަ ސްޓޭޓްތަކުން ރިޕޯޓް ކުރެއެވެ. މިހާރު އިންޑިއާގައި ވެކްސިން ދެމުން އަންނަނީ 45 އަހަރުން މަތީގެ މީހުންނަށާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށެވެ.

މިދިޔަ ހަތްފާގައި އިންޑިއާގެ ސަރުކާރުން ބުނެފައި ވަނީ، މިވަގުތު އިންޑިއާގައި ހުރީ ކުރިޔަށް އޮތް 9 ދުވަހު ޖެހޭނެ ވެކްސިން ކަމުގައެވެ. އެއީ 27 މިލިޔަން ޑޯޒް ވެކްސިނެވެ.

ވެކްސިން އުފެއްދުމުގެ މައި ހަބް ކަމަށްވާ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަނީ ހަމައެކަނި އިންޑިއާގެ އާބާދީއަށް ބޭނުންވާ ވަރަށް ވެސް ވެކްސިން އުފެއްދުމަށް ނުކުޅެދިފައެވެ. ސިރަމް އިންސްޓިޓިއުޓް ފަދަ ވެކްސިން އުފައްދާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލްސް ނުލިބުމެވެ. އެ ތަކެތި ނުލިބެނީ އެމެރިކާއިން އެކްސްޕޯޓް ކުރުން މަނާ ކުރުމުން ކަމަށް މީގެ ކުރިން ސިރަމް އިންސްޓިޓިއުޓުން ބުނެފައި ވެއެވެ.

އެއީ އޮކްސްފޯޑުގެ ކޮވިޝީލްޑާއި ބާރަތު ބަޔޯޓެކުގެ ކޯވެކްސިން އާއި ރަޝިއާގެ ސްޕަޓްނިކް ވީއެވެ. ނަމަވެސް އިންޑިއާގައި ހާލަތު ގޯސްވުމާ ގުޅިގެން އެހެން ގައުމުތަކުން ހުއްދަ ދީފައިވާ ވެކްސިންތައް އިންޑިއާގައި ބޭނުން ކުރަން ފެށުމަށް އެ ޤައުމުން އިއްޔެ ވަނީ ނިންމައިފައެވެ. މީގެ އިތުރުން ވެކްސިން އުފައްދާ ރޭޓް އިތުރު ކުރުމަށް ވެކްސިން އުފައްދާ ކުންފުނިތަކަށް 600 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ވަނީ ނިންމާފައެވެ.

ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ޖެހޭ މީހުންނާއި އެބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އިންޑިއާގެ ވެރިރަށް ، ނިއުދިއްލީ 7 ދުވަހަށް ވަނީ ލޮކްޑައުން ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!