އެމްޑީޕީން އެއްވެސް އިރެއްގައި ބަރުލަމާނީއަށް ތާއީދެއް ނުުކުރޭ - ރީކޯ
އެމްޑީޕީގެ މައިގަނޑު ފަލްސަފާއަކީ ބަރުލަމާނީ ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ސަންގު ޓީވީން ރޭ ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީގެ މައިގަނޑު ފަލްސަފާއަކީ ބަރުލަމާނީ ނޫން ކަމަށާއި ތިން ބާރު އެކުވެ މަސްހުނި ވެފައި އޮތް ވެރިކަމާ ދެކޮޅަށް ނުކުމެ އެކަން ބަދަލުކުރީ އެމްޑީޕީން ކަމަށެވެ. އަދި މިހާރު އަނެއްކާ މީގެ 30 އަހަރު ކުރިން އޮތްގޮތަށް ހުރިހާ ބާރެއް މަސްހުނި ކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފެއްޓެވުމުން ބަލައި ނުގަނެވޭ ކަމަަށް ވެސް ވިދާޅުވިއެވެ.
މޫސަ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ ރިޔާސީ ނިޒާމު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން އަންގަވާފައި ވަނިކޮށެވެ.
މޫސަ ވިދާޅުވީ ނިޒާމު ބަދަލު ކުރުމަށް 2 ފަހަރުގެ މަތިން ޚާއްސަ މަޖިލީހުގައި ނެގި ވޯޓު ވެސް އެއްވަރުވީ ކަމަށާއި މިކަން ޔައުމިއްޔާތަކުން ފެންނަން އޮންނާނެ ކަމަށެވެ. އެހާ ހިސާބުން ދެން ނިމުނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ކަމަށެވެ. ވަލީ ކޮމިޓީގައި ނިޒާމުގެ ބަހުސް ރަސްމީ ގޮތެއްގައި ފެށުނީ އެހިސާބުން ކަމަށް މޫސަ ވިދާޅުވިއެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދު ވެސް ހިމެނޭ ގޮތަށް އޮތް ވަލީ ކޮމިޓީން ނިންމީ ރައީސް މައުމޫނު ރިޔާސީ ނިޒާމަށް ތާއީދު ކުރެއްވުމުން ބަރުލަމާނީއަށް ތާއީދު ކުރުމަށެވެ. އެއީ ރާއްޖެއަށް ރިޔާސީ ނިޒާމު ގެންނަން ބޭނުންވާތީވެ، އެމްޑީޕީއަށް ތާއީދުކުރާ މީހުން ވެސް ރިޔާސީ ނިޒާމަށް ވޯޓުދީ އެ ނިޒާމު ގެނައުމަށް ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސާމަނިކު އިތުރަށް ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓްގައި ބަރުލަމާނީއަކަށް ތާއީދު ކުރެއްވި ނަމަވެސް މިހާރު އެ ނިޒާމު ގެނައުމާ މުޅީން ދެކޮޅު ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"މިރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާކަށް ނުވޭ. ނުވެސް ގެނެވޭނެ އަދި ކައިރި މުސްތަގުބަލެއްގައި. އަދި އެ ނިޒާމު ގެންނަން އަޅުގަނޑު ތާއީދެއް ވެސް ނުކުރާނަން. އަޅުގަނޑު އެކަމާ ދެކޮޅު. މިއީ ނިޒާމާ މެދު އުޅެން ޖެހޭ ވަގުތެއް ނޫން،" މޫސަ ވިދާޅުވިއެވެ.
މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަނޑައަޅާފައިވާ ނިޒާމަކަށްވާތީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.
މޫސަ މިހާރު ތިހުންނެވީ ރައްޔިތުންނާއެކު ރައްޔިތުންގެ ކޮޅުގައި..ސުކުރިއްޔާ….