ފައިސާ ޗާޕު ކޮށްގެން ވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ޖެހޭ: އިބްރާހިމް ޝަރީފު

ފައިސާ ޗާޕު ކޮށްގެން ވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ޖެހޭ ކަމަށާއި ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތް ހިފަހައްޓަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ޝަރީފު މިހެން ވިދާޅުވީ ގައުމުގެ އިގްތިސާދު އާރާސްތުކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ގޮވައިލައްވަމުންނެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ހަމަތަކުން އިސްތިސްނާ ކުރުމުގެ ހުއްދަތަކުގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީގެ ހުށައެޅުން ދިރާސާކޮށް 'ވަގުތީ ކޮމިޓީ'ން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޝަރީފު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމަށް އަރައިގަތުމަށްޓަކައި އެތައް ކަމެއް ކުރަން ޖެހޭ ކަމަށެވެ. އަދި ހަރަދުތަކަށް ބޭނުންވާ ފައިސާ އިތުރު ކުރެވޭނީ އިގްތިސާދު ފުޅާކޮށްގެން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
"ރައްޔިތުންގެ ތެރެއިން މުސާރަ ދޫކުރާ 60 އެތައް ހާސް މީހުންގެ މުސާރަ ދެވޭނެ ގޮތް ހަދަން ޖެހޭނެ." މެމްބަރު ޝަރީފު ވިދާޅުވިއެވެ.
ވަގުތީ ކޮމިޓީން ނިންމާފައި ވަނީ އޯވަރޑްރޯ ކުރެވޭ މިންވަރު 4.4 ބިލިއަނަށް ލިމިޓްކޮށް، އެއް އަހަރު ދުވަހުގެ އިސްތިސްނާއެއް ދިނުމަށެވެ.
ރާއްޖެ ސޮވެރިން ޑީފޯލްޓަކަށް ނުގޮސް، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ޓަކައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް މެމްބަރު ޝަރީފު ވަނީ ތައުރީފު ކުރައްވާފައެވެ.
ޗާޕުކުރީމަ އޭރުނނޯ؟
މާދަނގައުމުބަޑަށޖެހުނީމަ ދެނޯ؟
ސައުތުއެފުރިކާމީހުން އެއުޅޭހާލުގަދިވެހިން އުޅެންވީތޯ؟