ޚަބަރު

ސަރުކާރަށް ޕްރެޝަރ ބޮޑުވެ އެންމެ ފަހުން ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރަށް ޖަލަށް ލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެންމެ ގެއަށް ބަަދަލުކޮށްފިއެވެ.

Ads by Hajj Corporation

ކަރެޝަންސް އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ކޮވިޑް-19 ފެތުރެމުން ދާތީ ކަމަށެވެ.

"ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ، އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފައި" ކަރެކްޝަންސްއިން ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ކޮން ޝަރުތުތަކަކާއެކު ކިތައް ދުވަހަށް ކަމަށް ކަރެކްޝަންސްއިން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގްގެ ކުށް ސާބިތުވާ ކަމަށް ނިންމައި ޖަލަށް ލައިފައި ވަނީ 28 ނޮވެމްބަރު 2019 ގައެވެ. އެމަނިކުފާނު ޖަލުގައި އޮންނަވާތާ 509 ދުވަސް ވަނީ ވެފައެވެ.

  1. ފަހުދު

    ޕުރެޝަރ ބޮޑުވާނެނުން.އަދި މިއެނގެނީ ރައްޔިތުންދެކެ ލޯބިވާ ރާއްޖެއަށް ތަރައްގީ ގެނެވޭނެ ވެރިޔަކީ ޔާމީން ކަން.2023 ގަ ޔާމީންގެ ސަރުކާރެއްގެންނަންމިތިބީ އަތުކުރި އޮޅާލައިގެން.

    • ހެމާ

      އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ