ދުނިޔެ

ޗައިނާއިން އުދުއްސާލި ރޮކެޓްގެ ބައިތައް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗައިނާއިން މިހާތަނަށް އުދުއްސާލި އެންމެ ބޮޑު ރޮކެޓުގެ ބައިތައް ވެއްޓުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ކަމަށް އެގައުމުން ބުނެފިއެވެ.

Ads by Sosun Fihaara

ދިގުމިނުގައި 108 ފޫޓު ހުރި އެ ރޮކެޓު 40،000 ޕައުންޑް ބުރަދަނުގައި ހުންނާނެ ކަމަށް ޗައިނާގެ ސްޕޭސް އެޖެންސީން ބުނެއެވެ. އޭޕްރިލް 29 ވަނަ ދުވަހު އުދުއްސާލި އެ ރޮކެޓް ޖައްވު ތެރޭގައި ހަލާކުވާން މެދުވެރިވި ސަބަބު ދަނީ ބަލަމުންނެވެ. ރާއްޖޭގެ ހުޅަނގަށް، ރޮކެޓްގެ ބައިތައް ވެއްޓިފައި ވާކަން، ޗައިނާގެ ސްޕޭސް އޭޖެންސީއިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ރޮކެޓްގެ ބައިތައް ވެއްޓިފައި ވަނީ 72.47 ޑިގްރީ އިރު އަދި 2.65 ޑިގްރީ އުތުރު ގުޅޭ ސަރަހަށް ކަމަށް، ޗައިނާގެ ސްޓޭޓް މީޑިއާއިން ބުނެއެވެ. ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި، ރޮކެޓްގެ ބައިތައް ދުނިޔެއަށް އެތެރެވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއީ ރާއްޖެ ގަޑިން ހެނދުނު 07:24 ހާއިރެވެ.

މިކަމާ ގުޅިގެން ދިވެހި އަސްކަރިއްޔާ އިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo
  1. ކެޔޮޅު

    ޗައިނާގެ އެމްބެސެޑަރ ބޭރު ކުރޭ.