ޚަބަރު

ގެމަނަފުށިން ރެންޑަމްކޮށް ނެގުނު ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގެމަނަފުށިން ރެންޑަމްކޮށް ނެގުނު ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ގެމަނަފުށި ކައުންސިލުން މައުލޫމާތުދެމުން ވިދާޅުވީ ފައްސިވެފައި ވަނީ މި މަހު 4 ވަނަ ދުވަހު ފުވައްމުލަކުން ގެމަނަފުއްޓަށް ދިޔަ އެ ރަށު ރައްޔިތެއް ކަމަށެވެ. އަދި އެމީހާގެ ސާމްޕަލް ނެގިފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ކައުންސިލުން ހިއްސާކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ރަށް މޮނިޓަރިން ހާލަތަށް ގެނައުމުގެ މަސައްކަތް މިހާރު އެބަކުރެއެވެ.

ކައުންސިލުން ވަނީ ހުރިހާ ރައްޔިތުން ވެސް މިފަދަ ކަންކަމުގައި ފަރުދީ ޒިންމާ އަދާކުރައްވައި ގޭގައި މަޑުކޮށްދެއްވުމަށާއި ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކޮށްފައެވެ.

ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!