ދުނިޔެ

އެމެރިކާއަށް ޝުކުރިއްޔާ، ހަމަލާތައް ކުރިޔަށް ގެންދާނަން: ނަތަންޔާހޫ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުގެ ސިފައިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓައި ނުލައި ކުރިޔަށް ގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފިއެވެ.

Ads by Sosun Fihaara

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނެފައިވަނީ އެޤައުމުން ހަމަލާތައް ދޭއިރު، ކަމާ ގުޅުން ނެތް މީހުންނަށް އަމާޒުވިޔަ ނުދޭތޯ ޚާއްސަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި އެމެރިކާއިން އަބަދުވެސް ދޭ ސަޕޯޓަށް ނަތަންޔާހޫ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޣައްޒާގައި ހުންނަ މީޑިއާ ޓަވަރަށް ދިން ހަމަލާ ދިފާއުކޮށް ނަތަންޔާހޫ ބުނެފައި ވަނީ އެ ހަމަލާއަކީ ޓެރެރިޒަމްއާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ. އަދި އެ އިމާރާތުގައި ހަމާސްއާއި އިތުރު އެހެން ޖަމާޢަތްތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އިމާރާތް ބިމާ ތިރިކުރުން ނޫން އިތުރު ގޮތެއް އިސްރާއީލަށް ނެތް ކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫ ބުނީ، އެ އިމާރާތުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި އާއްމުން އިމާރާތުން ފޭބުމަށް އެކަށީގެންވާ ވަގުތު ދިން ކަމަށެވެ. ނަމަވެސް 60 އެޕާޓްމެންޓާއި 5 ފްލޯރގައި އޮފީސް ހުންނަ 11 ބުރީގެ މިއިމާރާތް ހުސްކުރުމަށް އިސްރާއީލުން ދީފައި ވަނީ 1 ގަޑިއިރުގެ މުހުލަތެކެވެ.

އެމެރިކާއިން ވަނީ އިސްރާއީލުން ކުރަމުންދާ މަސައްކަތަކީ "ދިފާއު" ވުމަށް ކުރަމުންދާ މަސަކަތްތަކެއް ކަމަށާއި އެ ޤައުމުން އަބަދުވެސް އިސްރާއީލާއެކު އޮންނާނެ ކަމަށް މިއަދު ބުނެފައެވެ.

އިސްރާއީލުގެ ހައްދު ފަހަނަ އަޅާފައިވާ ސިފައިން މިހާރު ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި އަންހެނުން ހިމެނެއެވެ. މިގޮތުން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި 150 މީހުންގެ ތެރެއިން 47 މީހުންނަކީ ކުޑަކުދިންނެވެ.

Ads by Ooredoo
  1. ބޯ ހަލާކު

    ހިޔަޅު ވާނީ ހިޔަޅަށް އެމެރިކާ އަކީ ހިޔަޅެއް

  2. އިސްރާއީލައް ވާގިދޭ ކޮންމެ މީހަކައް ހަލާކު ހުރި