ޚަބަރު

މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުން މަނާކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކާފިއު ވަގުތު ނޫން ވަގުތުތަކުގައި ވެސް މާލެއާއިި ހުޅުމާލެއާ ދެމެދު ދަތުރު ކުރުން މަނާކޮށްފިއެވެ.

Ads by MWSC

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހަވީރު 4 އިން ފެށިގެން ހެނދުނު 8އަށް ކާފިއު ހިންގަން ހަމަޖެހިފައިވާ ކަމަށާއި، އެނޫން ވަގުތު ތަކުގައި ވެސް ބޭރުގައި އުޅެވޭނީ ރެސިޑެންޝަލް ފާހެއް އޮވެގެން ކަމަށެވެ. އަދި ކާފިއު ވަގުތު ނޫން ވަގުތުގައި ވެސް މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުމަކީ މަނާ ކަމެއް ކަމުގައި މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ. އަދި މިއަދު އެކަނި ވެސް މިހާތަނަށް އަށްމީހަކު ވަނީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވެފައެވެ. އަދި ޖުމްލަ 137 މީހަކު ވަނީ މި ބަލީގައި ރާއްޖެއިން ނިޔާވެފައެވެ.

Ads by Ooredoo
  1. ދިދަ ދަނޑި

    މިދެން އަޖާއިބެއް.. ދެން ވަޒީފާއަށް ނުގޮސް ތިބެންވީ؟؟