މިސްކިތްތަކަށް ނުވަދެވޭ ގޮތަށް ދޮރުތައް ވެސް ބަންދުކޮަށްފި!

މާލެ ސަރަޙައްދުގެ މިސްކިތްތަކަށް ވަނުން މަނާ ކުރުމުގެ އިތުރުން، މިސްކިތްތަކަށް ނުވަދެވޭ ގޮތަށް ބައެއް މިސްކިތްތަކުގެ ދޮރުތައް ވެސް ބަންދު ކޮށްފިއެވެ.
މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި، މާލޭގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމުގައިވާ އިސްލާމީ މަރުކަޒަށް ވެސް ވަނުން މަނާކޮށް، އެ މިސްކިތުގެ ވަށައިގެން ވަނީ ޓޭޕު ދަމާފައެވެ.

މީސް މީޑިއާގައި މީހަކު އާންމުކޮށްފައިވާ އެހެން ފޮޓޯއަކުން ފެންނަ ގޮތުގައި، ކަޅުހުރާ މަގުގައި ހުންނަ "ތަޤްވާ" މިސްކިތަށް ވެސް ނުވަދެވޭ ގޮތަށް އެ މިސްކިތުގެ ދެ ފަރާތުގައި ހުންނަ ދެ ދޮރު ވެސް ވަނީ ބަންދު ކޮށްފައެވެ.

މިސްކިތްތަކަށް ނުވަދެވޭ ގޮތް ހަދައިފައި ވަނީ މިއީ ކޮން ފަރާތެއްގެ އެންގެވުމުގެ މަތިން ކޮން ބަޔަކު ކަމެއްކަން އަދި އެނގިފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން އެޗްޕީއޭއިން ވަނީ އަންގައިފައެވެ. އޭގެ ފަހުން މިސްކިތަށް ނަމާދަށް އަރާ މީހުން ހުއްޓުވައި ބައެއް ފަރާތްތަކުން ޖޫރިމަނާ ކުރަމުންގެންދާކަން ވެސް ހާމަވެ، އެތައް ރައްޔިތުންނެއް ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.
ތިވަރު ކުރަންޖެހޭނ އެނޫން އެއްވެސ ގޮތެއ ނެތ ހާލަތެއްގައ.. ވިޔަފާރިތައް، ހުރިހ( ދަތުރުފަތުރެއްް، ވައިގެެ އަދިި ކަނޑުު ) މަގުތަކަށ އެއްވެސްް ގޮތަކަށްް ނުކުމުު ނޫޅެވޭޭ ހިސާބަށްް ދިޔައީމަަ މިސްކިތްތަކުގެެ ދޮރުތައްް ބަންދުކުރަންް ޖެހޭނީީ މާތްﷲގެެ ގެކޮޅުންް މީހަކަށްް ދެރަގޮތެއްް ވެދާނެެ ކަމަށްް ގަބޫލުކުރުންވެސްް އެއީީ ވަރަށްބޮޑުު ގޯހެއ. ރަގަނޅ ގޮތުގައިި، އިޙްލާސްތެރިކަމާއ އެކުު މިސްކިތުގެެ ބޭނުންް ހިފަންޏާާ މިސްކިތަކުންް އެއްވެސްް ނުރައްކަލެއްް ނުވާނެެ. މިސްކިތްތަކުންް ލިބޭނީީ ރައްކާތެރިކަންް..މިހާރުު ފަންޑުކުރާާ ޖަމާއަތްތަކުންް ގިނައިންް ފަންޑުު ދޭނެެ. ތިފޮޓޯތައްް ބަލާފައ.